ކ. މާލެ
|
26 ނޮވެންބަރ 2017 | އާދީއްތަ 08:38
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި ރައީސް އަބްދުﷲ ޔާމީން
ރާއްޖެ އެމްވީ
ކުރީގެ ރައީސް މައުމޫން
ދައުލަތުގެ ފައިސާއިން ވައްކަން ކުރުމަކީ އަނިޔާއެއް: ރައީސް މައުމޫން
ޝަރީޢަތަށް ބާރުފޯރުވުމަކީ އަނިޔާއެއް
ކުށެއްނެތި މީހުން ހައްޔަރު ކުރުމަކީ އަނިޔާއެއް
ރައީސް މައުމޫންގެ ދަރިކަލުން ފާރިސްގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާ އެއް އުފުލާފައި

ދައުލަތުގެ ފައިސާއިން ވައްކަން ކުރުމަކީ އަނިޔާއެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. 

ރައީސް މައުމޫން އާދީއްތަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުށެއްނެތި މީހުން ހައްޔަރު ކުރުމަކީ ވެސް އަނިޔާއެއް ކަމަށެވެ. ހަމަ އެހެންމެ ޝަރީޢަތަށް ބާރު ފޯރުވުމަކީ ވެސް އަނިޔާއެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. 

ކުށެއްނެތި މީހުން ހައްޔަރު ކުރުމަކީ އަނިޔާއެއް ކަމަށް ރައީސް މައުމޫން ވިދާޅުވެފައި މި ވަނީ އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ޝަޚުސު އޮޅުވާލުމުގެ ދައުވާއާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން އުފުލައި އެ ދެ މައްސަލައިގެ ޝަރީޢަތައް ކްރިމިނަލް ކޯޓުގައި ފަށާފައިވާ ދަނޑިވަޅެއްގައެވެ. 

ރައީސް މައުމޫން ވިދާޅުވާ ގޮތުގައި ފާރިސް ހައްޔަރު ކޮށްފައި ވަނީ ގާނޫނުއަސާސީއާއި ގާނޫނުގެތަކުގެ ބޭރުންނެވެ. އަދި ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއަކީ ވެސް އަސްލެއް ނެތް ދެ ދައުވާ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ. 

ސަރުކާރުން ޝަރީޢަތްތަކަށް ނުފޫޒް ފޯރުވާ ކަމަށާއި އަދި ދައުލަތުގެ ހުރިހާ ބާރުތަކެއް ވަނީ އެކެއްގެ މުށު ތެރޭގައި ކަމަށް ރައީސް މައުމޫން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. 

ހަމައެހެންމެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮރޮޕްޝަން އިންތިހާ އަށް ބޮޑުވެފައިވާ ކަމަށާއި ސަރުކާރުން ކުރިއަށް ގެންދާ ގިނަ މަޝްރޫޢުތަކުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ރައީސް މައުމޫން ވަނީ ތުހުމަތު ކުރައްވާފައެވެ. 

މީގެއިތުރުން ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބަވާ ބޭފުންނަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވޭއިރު އެ މައްސަލަތައް ނުބަލާ ވަކި ބައެއްގެ މައްސަލަތައް ބަލާ ޝަރީޢަތް ހިންގާ ކަން ވެސް ރައީސް މައުމޫން ވަނީ މީގެކުރިން ފާހަގަ ކުރައްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް