ކ. މާލެ
|
25 ނޮވެންބަރ 2017 | ހޮނިހިރު 18:55
ސްކައުޓް ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވި ހަނީފް (ކ) އަދި ނައިބުރައީސް ކަމަށް އިންތިޚާބުވި ރިފާއު (ވ)
ސްކައުޓް ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވި ހަނީފް (ކ) އަދި ނައިބުރައީސް ކަމަށް އިންތިޚާބުވި ރިފާއު (ވ)
ދިވެހި ސްކައުޓުން
ސްކައުޓް ކައުންސިލްގެ ރައީސަކަށް ހަނީފް، ނައިބަކަށް ރިފާއު
ކައުންސިލަށް 5 އެޑަލްޓް މެންބަރުން އިންތިޚާބުކުރި
ކައުންސިލަށް 2 ޕަރމަނަންޓް މެންބަރުންވެސް އިންތިޚާބުކޮށްފައިވޭ
އިންތިޚާބުވި ފަރާތްތައް މަޤާމާއި ހަވާލުވާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވޭ

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޤައުމީ ސްކައުޓް ކައުންސިލްގެ އައު ރައީސްކަމަށް ޙުސައިން މުޙައްމަދު ހަނީފް އަދި ނައިބު ރައީސްކަމަށް އިސްމާއިލް ރިފާޢު އިންތިޚާބު ކޮށްފިއެވެ.

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އައު ކައުންސިލް އިންތިޚާބު ކޮށްފައިވަނީ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައެވެ.

ހަނީފް އާއި ރިފާއުގެ އިތުރުން ސްކައުޓް ކައުންސިލަށް 5 އެޑަލްޓް މެންބަރުންނާއި 2 ޕަރމަނަންޓް މެންބަރުންގެ އިތުރުން ސްކައުޓް އެސޯސިއޭޝަންގެ ޤައުމީ ޚަޒާންދާރު ވެސް ވަނީ އިންތިޚާބު ކޮށްފައެވެ.

އެޑަލްޓް މެންބަރުންގެ ގޮތުގައި ކައުންސިލަށް އިންތިޚާބުވެފައި ވަނީ އައިޝަތު އަޙުލާމް އާއި އަޙުމަދު ނަޝީދާއި، އިސްމާއިލް އަލީ އާއި އައިމިނަތު ތަހުމީނާގެ އިތުރުން ޙުސައިން ޖަވާދެވެ.

ސްކައުޓް ކައުންސިލަށް ޖަވާދު އިންތިޚާބުވެފައި ވަނީ، އިންތިޚާބުގައި ޖަވާދާއި ޝާހިދު އިބްރާހިމްއަށް އެއް އަދަދަކަށް ވޯޓު ލިބުމުން، އިންތިޚާބުގެ ދެވަނަ ބުރަކަށް ދާން ނިންމާފައިވަނިކޮށް، ޝާހިދު އޭނާގެ ނަން އަނބުރާ ގެންދިއުމުންނެވެ.

ޕަރމަނަންޓް މެންބަރުންގެ ގޮތުގައި ކައުންސިލަށް އިންތިޚާބުކޮށްފައި ވަނީ އަޙުމަދު އަލީ މަނިކު (ކެން) އާއި މުޙައްމަދު ޚާލިދެވެ.

ޤައުމީ ޚަޒާންދާރުގެ މަޤާމަށް އިންތިޚާބުކޮށްފައި ވަނީ ޢަބްދުﷲ ވަޙީދުއެވެ.

މި މަޤާމުތަކުގެ އިތުރުން ސްކައުޓް އެސޯސިއޭޝަންގެ މާލީ ޤާބިލުކަން އިތުރު ކުރުމަށް އިންތިޚާބު ކުރި މިނިވަން ބޯޑަށް އިންތިޚާބު ވެފައިވަނީ، ސިމާދް ޢަބްދުލް ސަމަދާއި،  މުޙައްމަދު އައިވާން ލަޠީފާއި، އިބްރާހިމް ނަޝީދު އަދި ޢަބްދުލް މާޖިދެވެ.

ހޮނިހިރު ދުވަހު އިންތިޚާބުވި ފަރާތްތައް މަޤާމާއި ހަވާލުވާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ސްކައުޓް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި އެ އެސޯސިއޭޝަންގެ ހިންގުމާއި ގުޅޭ އެކިއެކި ކަންކަމާއި ގުޅޭގޮތުން ގްރޫޕްތަކުން ވަނީ މަޝްވަރާކޮށް، ނިންމުންތައް ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް