ކ. މާލެ
|
25 ނޮވެންބަރ 2017 | ހޮނިހިރު 15:17
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ރާއްޖެ އެމްވީ
މާރާމާރީ ހާދިސާ
ވިލިމާލޭގައި ހިނގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ: ފުލުހުން
މިހާދިސާގައި ޒުވާނަކު ވަނީ ޒަހަމްވެފައި
ފުލުހުން ދަނީ މިކަން ތަހުގީގު ކުރަމުން
މިހާދިސާ ހިނގާފައިވަނީ ވިލިމާލޭގައި

ވިލިމާލޭގައި މީހެއްގެ ގަޔަށް ވަޅި ޖެހި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ހުކުރު ދުވަހުގެ ރޭގަނޑު 07:45 ހާއިރު ހިނގި މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށާއި މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

 މިހާދިސާގައި ޒަަހަމްވެފައިވާ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ އިރު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ވިލިމާލޭގައި މާރާމާރީގެ ހާދިސާއެއް ހުކުރު ދުވަހު ހިނގާފައިވާ އިރު މިމަހުގެ 14 ވަނަ ދުވަހު ފަރީދީ މަގުގައިވެސް ވަނީ މާރާމާރީއެއް ހިނގާފަ އެވެ.

އެ މާރާމާރީއާ ގުޅިގެން މ. ސީނުއަސުރުމާގޭގައި ހަރަކާތްތެރިވެ ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށްފަ އެވެ. އެ ހާދިސާގައި ދެ މީހަކު ވަނީ ޒަހަމްވެފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް