ކ. މާލެ
|
25 ނޮވެންބަރ 2017 | ހޮނިހިރު 21:26
ކުރީގެ ރައީސް މުހައްމަދު ނަޝީދު: އައްޔަވަނީ ރައީސް ނަޝީދުގެ ގަމީސްކޮޅުގެ ގިރުވާނުގައި ހިފާ ދަމައިގަނެވުނު މައްސަލައިގައި މާފަށް އެދިފައި
ކުރީގެ ރައީސް މުހައްމަދު ނަޝީދު: އައްޔަވަނީ ރައީސް ނަޝީދުގެ ގަމީސްކޮޅުގެ ގިރުވާނުގައި ހިފާ ދަމައިގަނެވުނު މައްސަލައިގައި މާފަށް އެދިފައި
ޓްވިޓަރ
ރައީސް ނަޝީދު ޓްވީޓް
ރުޅިވެރިކަމާއި ޒާތީ ހަސަދައިން ލިބޭނެ ފައިދާއެއް ނެތް، އައްޔަގެ ވާހަކަތަކުން އުފާވެއްޖެ: ރައީސް ނަޝީދު
ސްޓެޕް އައްޔަ ކުރިން ފުލުހުންގެ ވަޒީފާގައި އުޅުނު
އެ ފޮޓޯ ނަގާފައިވަނީ ހުސައިން ސޮލާހު މަރުވި ދުވަހު
މިހާރު އައްޔަ ދަނީ ގުޅިފައިވާ އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރަމުން

ރުޅިވެރިކަމާއި ޒާތީ ހަސަދައިން ލިބޭނެ ފައިދާއެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރުޅިވެރިކަމާއި ޒާތީ ހަސަދައިން ލިބޭނެ ފައިދާއެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ގަމީސްކޮޅުގެ ގިރުވާނުގައި ހިފުނީތީ މައާފަށް އެދި، އަލީ ޝާހިދު (ސްޓެޕް އައްޔަ) ކުރި ޓްވީޓަކާއި ގުޅިގެން ނެވެ. ރައީސް ނަޝީދު  ވިދާޅުވެފައި ވަނީ އަލީގެ ވާހަކަތަކުން ވަރަށް ބޮޑަށް އުފާވެއްޖެ ކަމަށެވެ.

އައްޔަ ކޮށްފައިވާ ޓްވީޓްގައި ވަނީ ރައީސް ނަޝީދުގެ "ލަފުގައި " ހިފުނީތީ މައާފަށް އެދޭ ކަމަށެވެ. އަދި ރައީސް ނަޝީދަކީ ރާއްޖޭގެ ޑިމޮކްރެސީގެ ހުޅުކޮޅު ކަމަށް ބުނެފައިވެއެވެ. އައްޔަ ވަނީ އެ ޓްވީޓާއެކު މީގެ 10 އަހަރު ކުރިން ރައީސް ނަޝީދުގެ ގަމީސްކޮޅުގެ ގިރުވާނުގައި އައްޔަ ހިފައިގެންހުރި އެ ފޮޓޯ ވެސް ހިމަނާފައި ވެއެވެ.

ރައީސް ނަޝީދުގެ ގަމީސްކޮޅުގެ ގިރުވާނުގައި އައްޔަ ހިފާފައިވާ އެ ފޮޓޯއަކީ 2007 ވަނަ އަހަރު މޫދުގައި މަރުވެފައި އޮއްވާ ފެނުނު ހުސައިން ސޮލާހުގެ ހަށިގަނޑު އާ ސަހަރާއަށް ގެންދިއުމުން، ސޮލާހުގެ ހަށިގަނޑު ބެލުމަށް އެސަރަހައްދަށް ގޮސްތިބި މީހުން ދުރުކުރުމުގެ ތެރޭގައި ރައީސް ނަޝީދު ހައްޔަރު ކުރައްވައިގެން ގެންދަނިކޮށް ނަގާފައިވާ ފޮޓޯ އެވެ.

އޭރު އައްޔައަކީ ފުލުހުންގެ ވަޒީފާގައި އުޅުނު ޕޮލިސް ކޮންސްޓަބަލް އެކެވެ. ނަމަވެސް މިހާރު އައްޔަ މަސައްކަތް ކުރަމުންދަނީ ގުޅިފައިވާ އިދިކޮޅު ފަރާތްތަކާއެކުގަ އެވެ.

މީގެ 10 އަހަރު ކުރިން ނަގާފައިވާ އެފޮޓޯ މިހާރުވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެނގިފައިވާ ގޮތުގައި އެ ފޮޓޯ ނަގާފައިވަނީ ފިޔެސް ނޫހުގައި އޭރު ޑެޕިއުޓީ އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މުހައްމަދު އަބްދުﷲ ޝަފީގެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް