ކ. މާލެ
|
25 ނޮވެންބަރ 2017 | ހޮނިހިރު 13:43
ލިޑަރޝިޕް އެކެޑަމީ އިން ކުރިއަށްގެންދާ ހާއްސަ ކޭމްޕް
ލިޑަރޝިޕް އެކެޑަމީ އިން ކުރިއަށްގެންދާ ހާއްސަ ކޭމްޕް
ފާތިމަތު ޝަނާ މުހައްމަދު
ކޫލް ކޭމްޕް
ލިޑަރޝިޕް އެކެޑަމީ އިން ހާއްސަ ކޭމްޕެއް ފަށައިފި
ކޫލް ކޭމްޕް ކުރިއަށްދަނީ ފަސް ދުވަހުގެ މުއްދަތަކަށް
116 ކުދިން ވަނީ ބައިވެރިވެފައި
ކޭމްޕް ކުރިއަށްދަނީ މަޖީދިއްޔާ ސްކޫލުގައި

ކޫލް ކެމްޕްގެ ނަމުގައި، ލީޑަރޝިޕް އެކެޑަމީއިން ހާއްސަ ހަރާކަތެއް ފަށައިފި އެވެ.

މިހަރަކާތާއި ގުޅޭ ގޮތުން ލީޑަރޝިޕް އެކެޑަމީގެ ފަރާތުން ކޫލް ކޭމްޕް އިންތިޒާމު ކުރާ ފަރާތްކަމުގައިވާ އާޝިޔާ ސައީދު ވިދާޅުވީ، މި ކޭމްޕަކީ އެ އެކެޑަމީއިން ޗުއްޓީ ދުވަސްވަރާ ދިމާކޮށް ކުރިއަށްގެންދާ ހާއްސަ ކޭމްޕެއް ކަމަށާއި، މި ކޭމްޕްގެ ތެރެއިން ތަފާތު އެކި ދާއިރާތަކުގެ މައުލޫމާތުތަކާއި ލީޑަރޝިޕް ހުނަރުތައް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެެވެ.

"މި ކޭމްޕްގައި 116 ކުދިން ވަނީ ބައިވެރިވެފައި. މި ކޭމްޕްގެ ތެރެއިން ކްލާސްރޫމް އެކްޓީވިޓީސްތައް ވެސް ހިންގޭނެ. މި ހަރަކާތް މިމަހުގެ 25ހުން 30ވަނަ ދުވަހުގެ ނިއަލަށް ކުރިއަށްދާނެ" އާޝިޔާ ވިދާޅުވި އެވެ.

މި ކޭމްޕް ކުރިއަށްދަނީ 5 އަހަރުން ފެށިގެން 15 އަހަރުގެ ކުދިންނަށް ހާއްސަކޮށްގެން ކަމަށާއި ކޮންމެ ދުވަހުވެސް ވަކި ތީމްތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ކޭމްޕްގެ ތީމްތަކަކީ އީކޯ ކެޔަރ، ހެލްތް އެންޑް ފިޓްނެސް، މަނީ މެނޭޖްމެންޓް، ޓައިމް މެނޭޖްމެންޓް އަދި ޕެޓްރިއޯޓިޒަމް އެވެ. މިކަންކަަމުގެ ތެރެއިންވެސް ދިރިއުޅުމުގެ ރީތި އާދަތައް ދަސްކޮށްދެވޭނެ ކަމަށް އާޝިޔާ ވިދާޅުވިއެވެ.  5 އަހަރާއި 15 އަހަރުގެ ކުދިން މި ކޭމްޕްގައި ބައިވެރިވާ އިރު، ހަތަރު ގްރޫޕަކަށް ބަހާލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެކްސްޕްލޯރަރސް އާއި ޑިސްކަވަރަރސް އާއި ހައިކަރސްގެ އިތުރުން އެޑްވެންޗަރަރސްގެ ނަމުގައި ގްރޫޕުތައް ވަނީ ބަހާލެވިފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް