ކ. މާލެ
|
25 ނޮވެންބަރ 2017 | ހޮނިހިރު 13:31
ގެއްލުން ދިން ބ ތުޅާދޫ ހަޓު
ގެއްލުން ދިން ބ ތުޅާދޫ ހަޓު
ރާއްޖެއެމްވީ
ބ ތުޅާދޫ
ތުޅާދޫގައި ސިޔާސީ ހަރަކާތް ހިންގާ ހަޓަކަށް ގެއްލުން ދީފި
ހަޓަށް ގެއްލުން ދީފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި
ހަޓަށް ގެއްލުން ދިންއިރު ހަޓު ބޭނުން ކުުރުމުގެ ހުއްދަ ދީފައިވަނީ އެމްޑީޕީ އަށް
ހަޓުގައި ހުރި އެމްޑީޕީގެ ތަކެތި ވަނީ ހަލާކު ކޮށްފަ

ބ ތުޅާދޫގައި ސިޔާސީ ހަރަކާތް ހިންގާ ހަޓަކަށް ބަޔަކު މީހުން ގެއްލުންދީފިއެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް ޒާއިދު ރަޝީދު ވިދާޅުވީ ތުޅާދޫ ބަނދަރު ސަރަހައްދުގައި ހުންނަ އެ ހަޓަށް ގެއްލުން ދީފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. 

ޒާއިދު ވިދާޅުވީ ހަޓަށް ގެއްލުން ދިން މައްސަލަ ކައުންސިލްގެ ފަރާތުން ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުން އެ ސަރަހައްދަށް އައިސް ތަން ބަލައި ފޮޓޯ ނަގާ ހެދި ކަމަށް ޒާއިދު ވިދާޅުވިއެވެ.

ހަޓުގައި ހުރި ބައެއް ތަކެތި މޫދަށް އުކާލާފައި

އޭނާ ވިދާޅުވީ އެ ހަޓަށް ބަޔަކު މީހުން ގައްލުން ދީފައިވާއިރު އެތަނުގައި ޖަލްސާއެއް ބޭއްވުމުގެ ހުއްދަ ކައުންސިލްގެ ފަރާތުން އެމްޑީޕީ އަށް ދީފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައި ވަނީ މި މަހުގެ 23 އަދި 24 ވަނަ ދުވަހު ކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ. 

ޒާއިދު ވިދާޅުވީ ހައްޓަށް ގެއްލުން ދިން އިރު އެތަނުގައި އެމްޑީޕީގެ ތަކެތި ވެސް ހުރި ކަމަށެވެ. އެގޮތުން އެ ހަޓުތެރޭގައި އެމްޑީޕީ އިން ބަހައްޓާފައި ހުރި ސައުންޑް ސިސްޓަމްތައް ހަލާކުކޮށް ބައެއް ތަކެތި މޫދަށް އެއްލާލައިފައިވާ ކަމަށް ޒާއިދު ވިދާޅުވިއެވެ. 

ހަޓުގައި ހުރި ޓީވީ ތަޅާލާފައި

މީގެއިތުރުން ޒާއިދު ވިދާޅުވީ ހަޓުގައި ބަހައްޓާފައި ހުރި ޓީވީ ވެސް ތަޅާލައި ހަޓަށް ކަޅުތެޔޮ ޖަހާފައިވާ ކަމަށެވެ. އަދި އެކަން ކުރީ ކޮންބައެއްކަން ދަންނަވަން ނޭނގޭ ކަމަށް ޒާއިދު ވިދާޅުވިއެވެ. 

ޒާއިދު ވިދާޅުވީ އެ ހަޓަކީ އެމްޑީޕީން ހެދި ހަޓެއް ކަމަށާއި ނަމަވެސް ނިމިގެން ދިޔަ ދައުރުގައި ކައުންސިލުން ވަނީ އެ ހަޓް ކައުންސިލްގެ ބެލުމުގެ ދަށަށް ނަގާފައި ކަމަށެވެ.

ތުޅާދޫގައި ސިޔާސީ ހަރަކާތް ހިންގާ ހަޓަކަށް ބަޔަކު މީހުން ގެއްލުން ދީފައިވާއިރު އެކަމާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް ފުލުހުންނަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް