ކ. މާލެ
|
25 ނޮވެންބަރ 2017 | ހޮނިހިރު 11:40
ޕީޕީއެމްގެ ޖަލްސާގައި ބޭނުންކުރުމަށް ގދ އަތޮޅު ތައުލީމީ މަރުކަޒުން ގޮނޑި ހިފައިގެން ދަތުރުކުރާ އެމްއާރްޑީސީ ވެހިކަލެއް
ޕީޕީއެމްގެ ޖަލްސާގައި ބޭނުންކުރުމަށް ގދ އަތޮޅު ތައުލީމީ މަރުކަޒުން ގޮނޑި ހިފައިގެން ދަތުރުކުރާ އެމްއާރްޑީސީ ވެހިކަލެއް
ޓްވިޓަރ
ޕީޕިއެމް ޖަލްސާ
ޕީޕީއެމް ތިނަދޫ ޖަލްސާއަށް ތައްޔާރުވުމަށްވެސް ދައުލަތުގެ ވަޞީލަތްތައް ބޭނުންކުރަނީ
ޕީޕީއެމްގެ ޖަލްސާތަކަށް ތައްޔާރުވުމަށް ދައުލަތުގެ މުދާ ބޭނުންކުރުން ވަނީ އާއްމުކަމަކަށްވެފައި
އިދިކޮޅުފަރާތްތަކުން ވަނީ މީގެ ކުރިން ވަނީ ތިނަދޫގައި ބޮޑު ޖަލްސާއެއް ބާއްވައިފައި
ސަރުކާރު މުވައްޒަފުން ޕީޕީއެމް ޖަލްސާތަކުން ގިނަ އަދަދަކަށް ފެނޭ

ގދ ތިނަދޫގައި ހޮނިހިރު ދުވަހުގެރޭ ބާއްވާ ޖަލްސާއަށް ތައްޔާރުވުމަށް ސަރުކާރު ކުންފުނިތަކުގެ ވެހިކަލްތައް ބޭނުން ކުރަމުން އެބަދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ ޖަލްސާގައި ބޭނުން ކުރުމަށް ގޮނޑި ގެންދިޔައީ ގދ އަތޮޅު ތައުލީމީ މަރުކަޒުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ތިނަދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއަށް ވެސް އަތޮޅު ތައުލީމީ މަރުކަޒުން ގޮނޑި ހޯދަން އެދުނު ކަމަށްވެއެވެ. އެހެން ނަމަވެސް ސިޔާސީ ހަރަކާތްތަކަށް ގޮނޑި ދޫނުކުރާކަމަށް ބުނެ، ސްކޫލުން ގޮނޑި ދީފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ. އިދިކޮޅު ފަރާތްތަކުގެ ޖަލްސާއަށް ގޮނޑި ނުދީ، ހަމައެކަނި ޕީޕީއެމްގެ ޖަލްސާއަސް ގޮނޑި ދޫކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ސްކޫލަށް އަމާޒުވެފައިވެއެވެ.

ޕީޕީއެމް އިން ބާއްވާ ޖަލްސާތަކަށް ސަރުކާރު ކުންފުނިތަކާއި އޮފީސްތަކުގެ މުދާ ބޭނުންކުރާ މިންވަރު ފަހަކަށް އައިސް އިތުރުވެފައިވެއެވެ. ވަކިން ޚާއްސަކޮށް ޕީޕީއެމްގެ ޖަލްސާތަކަށް ތައްޔާރުވުމުގެ ގޮތުން އެމްއާރްޑީސީއާއި ހައުސިން މިނިސްޓްރީގެ ވެހިކަލްތަކާއި މުވައްޒަފުން ބޭނުންކުރުން ވަނީ އިތުރުވެފައެވެ.

ސަރުކާރު ހިންގާ ޕާޓީއިން ތިނަދޫގައި ކުއްލިއަކަށް ޖަލްސާއެއް ބާއްވަން ނިންމީ އިދިކޮޅު ފަރާތްތަކުން އެރަށުގައި ބޮޑު ޖަލްސާއެއް ބާއްވާފައިވަނިކޮށެވެ. އެޖަލްސާއަށް ނުދިޔުމަށް ސަރުކާރު ހިންގާ ޕާޓީއިން ގޮވާލިނަމަވެސް ގިނަ އަދަދެއްގެ ބަޔަކު ޖަލްސާއަށް ހާޒިރުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް