ކ. މާލެ
|
25 ނޮވެންބަރ 2017 | ހޮނިހިރު 02:52
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ގޫގުލް
މިސްރުގެ ހަނގުރާމަވެރިން
މިސްރުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މިހަމަލާގައި 200 އަށްވުރެ ގިނަ މީހުން މަރުވެފައިވޭ

މިސްރުގެ ސައިނާގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ މިހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި، ދިވެހި ރާއްޖެ އޮތީ މިސްރުގެ ސަރުކާރާއި ރައްޔިތުންނާއިއެކު ކަމަށެވެ. އަދި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައިވެއެވެ. ހަމަނުޖެހުން ބޮޑު ސައިނާ ސަރަހައްދުގައި ހުރި މިސްކިތެއްގައި ހުކުރު ވަގުތު ދިން ޙަމަލާގައި 235 މީހަކު މަރުވެފައިވާކަން މިހާތަނަށް ކަށަވަރުވެފައިވެއެވެ.

މިއީ ސައިނާ ސަރަހައްދުގައި ހައްދުފަހަނައެޅި ހަނގުރާމަވެރި ޖަމާޢަތްތަކުގެ ހަރަކާތްތައް 2013ވަނަ އަހަރު އިތުރުވިފަހުން އެސަރަހައްދުގައި ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް