ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 19:34
ޕްރޮފެސަރު ހަސަން އުގެއިލް
ޕްރޮފެސަރު ހަސަން އުގެއިލް
ގޫގުލް
ޕްރޮފެސަރު އުގެއިލް
ޕްރޮފެސަރު އުގެއިލްގެ ސުވާލެއް ދިވެހިންނަށް: ތަރައްގީގެ ނަމުގައި ދަރަނީގެ ކަނޑެއްގައި ފަތަން ތައްޔާރުތަ؟
ދިވެހިންގެ ޅަ ދަރިން ކުޅެ އުޅުނު ބިމުގައި އެހެން ގައުމެއްގެ ދިދަ ވިހުރޭތަން ދެކެން ތިބެން ކުޅަދާނަތޯ އުގެއިލް ވަނީ ދިވެހިންނާއި ސުވާލުކުރައްވާފަ
ފަހަކަސް އައިސް ސަރުކާރުގެ އެކިއެކި ސިޔާސަތުތަކަށް އުގެއިލް ގެންދަވަނީ ފާޑު ވިދާޅުވަމުން

އިގްތިސާދު ކުރިއެރުވުމުގެ ނަމުގައި ދަރަނީގެ ކަނޑެއްގައި ފަތަން ބޭނުންތޯ ޕްރޮފެސަރު ހަސަން އުގެއިލް ދިވެހި ރައްޔިތުންނާއި ސުވާލު ކުރައްވައިފިއެވެ.

އަމިއްލަފުޅު ޓްވިޓާގައި ލަންކާއާއި ރާއްޖެ ޗައިނާ އަށް ދަރަނިވެރިވަމުންދާ ކަމަށް ބުނެލިޔެފައިވާ ބީބީސީގެ ރިޕޯޓެއް އެޓޭޗްކުރައްވާ ހުކުރު ދުވަހު އުގެއިލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އިގްތިސާދީ ކުރިއެރުމުގެ ނަމުގައި ދަރަނީގެ ކަނޑެއްގައި ފަތަން ތައްޔާރުތޯއެވެ.

އަދި އަޅުގަނޑުމެންގެ ދިވެހިންގެ ޅަ ދަރިން ކުޅެ އުޅުނު ބިމުގައި އެހެން ގައުމެއްގެ ދިދަ ވިހުރޭތަން ދެކެން ތިބެން ކުޅަދާނަތޯ އުގެއިލް ވަނީ ދިވެހިންނާއި ސުވާލުކުރައްވާފައެވެ.

ފަހަކަސް އައިސް ސަރުކާރުގެ އެކިއެކި ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން ގެންދަވާ އުގެެއިލް އިތުރަށް ވިދާޅުވީ، ބޭރުގެ ބާރަކުން މި ގައުމުގެ އެންމެ އިންޗިއެއްވެސް ދަމައިގަންނަން ފުރުސަތު ދިނުމަކީ، ގައުމުގެ އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއްކަމަށެވެ.

ދާދި ފަހުން އުގެއިލް ވަނީ ކުޑަ ގައުމަކުން ދުނިޔޭގެ އިގްތިސާދު ހިސޯރު ކުރާ ނަމަ އެކަން ކުރާނީ ރާއްޖެއިން ކަމަށް އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވުމުން އެކަމަށް ވެސް ރައްދު ދެއްވާފައެވެ. މި ވާހަކައަށް ރައްދު ދެއްވަމުން އުގެއިލް ވިދާޅުވީ، ނަތީޖާއެއް ނުފެންނަ ކޮންސެޕްޓްތަކާއި، ބޮޑެތި ދަރަނިތަކާއެކު އެހެން ގައުމުތަކަށް ނަމޫނާ ގައުމަކަށް ރާއްޖެއަށް ނުވެވޭނެ ކަމަށެވެ. އަދި އެހެން ގައުމުތަކަށް ނަމޫނާއަކަށް ވާން ބޭނުންނަމަ، ކުރިއަށް ދާންވީ އިޚުލާސްތެރިކަމާއެކު އިލްމާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
25 ނޮވެންބަރ 2017 | ހޮނިހިރު 05:31
މަންނާނު
މިޕޮރޮފެސަރާ ވަރަށް ކުރިން ނޫސް ވެރިޔަކު ކުރިސުވާލެއްގަ ބުނި ސިޔާސައެއް ނުވާނަމޭ.އެކަމަކު މަގޭހިތަށް އެރި ކިހާވަރަކުން ދާނެ ބާވަޔޭ. މިހާރު މިއޮތީ އެތަން އައިސްފަ. ހަމަ ހީކުރިގޮތަށް ރަނގަޅު ޕޮރިފެސްރަކަށް ވެފަ މިއޮތީ.