ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 19:28
އެމްޑީޕީގެ ޗެއާޕަރސަން ހަސަން ލަތީފް ތިނަދޫގެ ރައްޔިތަކާއި ބައްދަލުކުރައްވަނީ
އެމްޑީޕީގެ ޗެއާޕަރސަން ހަސަން ލަތީފް ތިނަދޫގެ ރައްޔިތަކާއި ބައްދަލުކުރައްވަނީ
ރާއްޖެއެމްވީ
ރައްޔިތުންގެ ބަދަލު
ގުޅިފައިވާ ޕާޓީތަކުން ތިނަދޫގައި ދޮރުން ދޮރަށް ހިނގައިފި
ރައްޔިތުން ތިބީ ސަރުކާރާއި މެދު ހިތްހަމަ ނުޖެހިފައި
ޖަލްސާއަށް ގޮސްފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރު ބައެއް ފަރާތްތަކަށް އޮތީ ދައްކާފައި

ގދ. ތިނަދޫ: ގުޅިފައިވާ ޕާޓީތަކުން މިރަށުގައި މިހާރު ހަރަކާތްތެރިވަމުންދާ ޓީމުން މިރަށުގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާއި ބައްދަލުކޮށްފިއެވެ.

ހުކުރު ދުވަހުގެ މެންދުރު ފަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގުޅިފައިވާ ޕާޓީތަކުގެ އެކި ޓީމުތަކުން ރަށުގެއެކި ހިސާބުގައި ހަރަކާތްތެރި ވެފައިވާއިރު، އެ ފަރާތްތަކުން ވަނީ ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި ދަތިތަކާއި، ރަށަށް ބޭނުންވެފައިވާ މުހިއްމު އެކި ކަންކަން އޮޅުން ފިލުއްވާފައެވެ.

ހުކުރު ދުވަހުގެ ހަރަކާތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވީ، ދޮރުންދޮރަށް ހިނގައި ރައްޔިތުންނާއި ވާހަކަ ދެއްކެވުމުން ސާފުވިކަމަކީ ހުވަދޫ އަތޮޅާއި އަދި ޚާއްސަކޮށް ތިނަދޫގެ ރައްޔިތުން މިއަދުގެ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަން ކަމަށާއި، އެ ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަން ކަމަށެވެ.

ބުރާސްފަތި ދުވަހުގެރޭ ގުޅިފައިވާ ޕާޓީތަކުން ތިނަދޫގައި ކާމިޔާބު ޖަލްސާއެއް ބާއްވާފައިވާއިރު، ހުކުރު ދުވަހުގެ ދޮރުންދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާލުވީ، އެ ޖަލްސާގައި ބައިވެރި ނުވުމަށް ސަރުކާރުން ބައެއް މުވައްޒަފުންނަށް ބިރުދައްކާފައިވާ ކަމަށެވެ. އެގޮތުން ރަށުގައި ހުންނަ ސަރުކާރުގެ އެކި އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން އެ ޖަލްސާގައި ބައިވެރިވެއްޖެ ނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު އެފަރާތްތަކަށް ދީފައިވާކަން އެފަރާތްތަކުން ހިއްސާ ކުރިކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދާއި ސަރުކާރުގެ އެހެނިހެން ވެސް ބައެއް އިސްވެރިން ނިސްބަތްވެވަޑައިގަންނަވާ ތިނަދޫއަކީ ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ބޮޑު އަގުލަބިއްޔަތެއް އޮންނަ ރަށެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް