ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 18:58
އެމްއެމްސީގެ އާއްމު މެންބަރު އަސްއަދު ޝަރީފް
އެމްއެމްސީގެ އާއްމު މެންބަރު އަސްއަދު ޝަރީފް
އަވަސް
ރާއްޖެޓީވީ
ރާއްޖެޓީވީން އިހްތިޖާޖްކުރި މައްސަލަ ނުބެލުމުން އެމްއެމްސީ ގޮވައިގެން އަސްއަދު ކޯޓަށް
އެ މައްސަލަ އެމްއެމްސީގެ ސަމާލު ކަމަށް އަސްއަދު ގެންނެވުމުން އެ ކައުންސިލުން ނިންމާފައި އޮތީ އެ މައްސަލަ ބަލަން ނުޖެހޭކަމަށް
އަސްއަދު ވިދާޅުވި، ރާއްޖެ ޓީވީގެ ނޫސް ވެރިން އިހްތިޖާޖް ކުރި މައްސަލަ އެއްވެސް ގޮތަކަށް ނުބަލަން އެމްއެމްސީން ނިންމުމަކީ ޒިންމާދާރު ކަމެއް ނޫންކަމަށް

މޯލްޑިވްސް މީޑިއާ ކައުންސިލުން އިން ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ހަފްލާގައި ރާއްޖެ ޓީވީން އިހްތިޖާޖްކުރި މައްސަލަ ނުބަލަން މީޑިއާ ކައުންސިލުން ނިންމުމުން އެކައުންސިލް ގޮވައިގެން އަސްއަދު ޝަރީފް ކޯޓަށް ދިއުމަށް ނިންމަވައިފިއެވެ.

އަސްއަދު ޝަރީފަކީ މީޑިއާ ކައުންސިލްގައި އާއްމުން ތަމްސީލްކުރާ މެންބަރެކެވެ.

މިދިޔަ އޮކްޓޫބަރު މަހު އެމްއެމްސީން ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ހަފުލާގައި ރާއްޖެޓީވީގެ ނޫސްވެރިން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނާ ދެކޮޅަށް އިހްތިޖާޖްކޮށްފަ އެވެ. މި ހަފްލާގައި ރާއްޖެ ޓީވީގެ މުވައްޒަފުން ވަނީ ބްރޯޑްކޮމްއާއި ދެކޮޅަށް ލިޔެފައިވާ ލިޔުންތައް ހިފައިގެން ހިމޭން އިހުތިޖާޖެއްކޮށްފައެވެ.

އެ މައްސަލަ އެމްއެމްސީގެ ސަމާލުކަމަށް އަސްއަދު ގެންނެވުމުން އެ ކައުންސިލުން ނިންމާފައި އޮތީ އެ މައްސަލަ ބަލަން ނުޖެހޭ ކަމަށެވެ. އައްސަދު އެމްއެމްސީއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މި މައްސަލަ އާއި ގުޅޭގޮތުން އައްސަދު  ރާއްޖެ.އެމްވީއަށް ވިދާޅުވީ ރާއްޖެ ޓީވީގެ ނޫސްވެރިން އިހްތިޖާޖް ކުރި މައްސަލަ އެއްވެސް ގޮތަކަށް ނުބަލަން އެމްއެމްސީން ނިންމުމަކީ ޒިންމާދާރު ކަމެއް ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ބޮޑު ހަފުލާއެއްގައި އެފަދަ ކަމެއް ކުރުމަކީ ހުރިހާ މީޑިއާތަކާއި ނޫސްވެރިންނަށް ގޮންޖަހައި ކުރި ކަމެއް ކަމަށާއި އެކަން ހިނގި ގޮތް ބެލެން ޖެހޭނެ ދެކެވަޑައިގަންނަވާ ކަމަށެވެ. 

ރާއްޖެޓީވީން އެމްއެމްސިގެ އެވޯޑް ހަފްލާގައި އިހުތިޖާޖުކުރީ، ބްރޯޑްކޮމްއިން ރާއްޖެޓީވީއާއިމެދު ބޭއިންސާފުން ފިޔަވަޅު އަޅަމުންދާ ދިއުން އެ ކައުންސިލްގެ ސަމާލުކަމަށް ގެނައުމަށްކަމަށް ރާއްޖެޓީވީން ބުނެއެވެ.

ރާއްޖެޓީވީ އެންމެފަހުން ޖޫރިމަނާކޮށްފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 28ވަނަ ދުވަހުގެ ރޭ ވަގުތުން ގެނެސްދިން ޕްރޮގްރާމެއްގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ބުނެފައެވެ.

މިއީ ރާއްޖެ ޓީވީ ޖޫރިމަނާކުރި 3ވަނަ ފަހަރެވެ. އަދި ރާއްޖެޓީވީ މީގެ ކުރިން އެއް މިލިޔަން ރުފިޔާއިން ވެސް ޖޫރިމަނާ ކޮށްފައިވާއިރު ދެ ލައްކަ ރުފިޔާއިންވެސް ވަނީ ޖޫރިމަނާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް