ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 13:26
ރަޝިއާގެ އާ ސަފީރު، ޔޫރީ މަޓެރީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއާ އެކު
ރަޝިއާގެ އާ ސަފީރު، ޔޫރީ މަޓެރީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއާ އެކު
ރައީސް އޮފީސް ޓްވިޓާ
ރަޝިއާގެ އާ ސާފީރު
ރަޝިޔާގެ އާ ސަފީރު މަގާމުގައި ފަތްކޮޅު ރައީސަށް އަރުއްވައިފި
ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި

ރަޝިޔާގެ އާ ސަފީރު، މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

ރަޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޔޫރީ މަޓެރީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވީ އެކަމަށްޓަކައި ބުރާސްފަތި ދުވަހުގައި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައެވެ.

ފަތްކޮޅު އެރުއްވުމަށް ފަހު، ރަޝިޔާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ތަޙުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ.

ރަޝިޔާއަކީ ރާއްޖެއިން ވަރަށް މުހިއްމު ކަމެއް ދޭ ޤައުމެއް ކަމަށާއި، މިއަހަރަކީ ރާއްޖެ އާއި ރަޝިޔާއާ ދޭތެރޭގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 51 އަހަރު ފުރޭ އަހަރުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، ރަޝިޔާ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް ވަރަށް ގާތުން މަސައްކަތްކުރެއްވުމަށް އުއްމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރަޝިޔާ ސަފީރުގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެ އާއި ރަޝިޔާއާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު ޢާޞިމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް