ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 12:39
އިދިކޮޅު ފަރާތްތަކާ އެކު އޮސްޓްރޭލިއާގެ ސަފީރު ބައްދަލުކުރައްވަނީ
އިދިކޮޅު ފަރާތްތަކާ އެކު އޮސްޓްރޭލިއާގެ ސަފީރު ބައްދަލުކުރައްވަނީ
އެމްޑީޕީ
ިޔުނައިޓެޑް އޮޕޮޒިޝަން
އިދިކޮޅު ފަރާތްތަކުން ހިއްސާކުރީ ކަންބޮޑުވާ ވާހަކަތަކެއް: އޮސްޓްރޭލިއާގެ ސަފީރު
ޑިމޮކްރަސީއެއްގައި ރައްޔިތުންނަށް ލިބިދޭ ހައްޤުތައް ލިބިދިނުން މުހިއްމު

ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ކަންބޮޑުވާ ފަދަ ވާހަކަތަކެއް އިދިކޮޅު ފަރާތްތަކުން ހިއްސާކުރި ކަމަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބްރައިސް ހަޗިސަން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ އޮސްޓްރޭލިއާގެ ސަފީރު ނިމިދިޔަ ހަފްތާގައި މާލެ ވަޑައިގެން އިދިކޮޅު ފަރާތްތަކާ އެކު ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަވާފައެވެ. އެ ބައްދަލުވުންތަކާ ބެހޭ ގޮތުން ހަޗިސަން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޑިމޮކްރަސީއެއްގައި ރައްޔިތުންނަށް ލިބިދޭ ހައްޤުތައް ލިބިދިނުން މުހިއްމު ކަމަށެވެ.

 

 

ބުދަ ދުވަހު ހޮޓެލް ޖެންގައި އިދިކޮޅު ފަރާތްތަކާ އެކު އޮސްޓްރޭލިއާގެ ސަފީރު ބޭއްވި ބައްދަލުވުމުގައި ގުޅިފައިވާ އިދިކޮޅު ހުރިހާ ޕާޓީތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

އޮސްޓްރޭލިއާ ސަފީރު ވަނީ އޮސްޓްރޭލިއާއިން ރާއްޖެއަށް ދޭ ސްކޮލަރޝިޕްތައް މިއަހަރު ލިބުނު ދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އާސިމާ އެކު ބައިވެރިވެވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް