ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 12:07
ގދ. ތިނަދޫގައި ރޭ ބޭއްވި ޖަލްސާ
ގދ. ތިނަދޫގައި ރޭ ބޭއްވި ޖަލްސާ
ރާއްޖެ އެމްވީ
އިދިކޮޅު ފަރާތްތަކުގެ ޖަލްސާ
ރައީސް ޔާމީނަށް މިގައުމުގެ ރައްޔިތުން އަބަދަކު މޮޔައެއް ނުހެއްދޭނެ: ޒިފްލީން
ތަރައްގީ ބޭނުން ވަނީ ކަރަޕްޝަނާއި އެކީގައެއް ނޫން

ރައީސް ޔާމީނަށް މިގައުމުގެ ރައްޔިތުން އަބަދަކު މޮޔަ ނުހެއްދޭނެ ކަމަށާއި އެހެން ހީފުޅުވިޔަސް އެއީ ކުށްހީފުޅެއް ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު ޒިފްލީން ހަސަން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޒިފްލީން ވިދާޅުވީ ރައްޔިތުންނަކީ މޮޔައިން ނޫން ކަމަށާއި މެމްބަރުން ޖަލަށްލައި، އިދިކޮޅު މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލުވާލުމުން ވޯޓު ލިބޭނެ ކަމަށް ހީފުޅުކުރެއްވުމަކީ ވަރަށް ބޮޑު ކުށް ހީފުޅެއް ކަމަށެވެ. އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތަކީ ދަރިންނާއި ދަރިންގެ ދަރިންގެ ހައްގުގައި ކުރާ މަސައްކަތް ކަމަށް ޒިފްލީން ވިދާޅުވިއެވެ.

ތަރައްގީ މި ގައުމަށް ބޭނުންވާ ކަމަށާއި އެހެން ނަމަވެސް ހިނގާ ޚަރަދަށް ވުރެ ބޮޑަށް ކަރަޕްޝަނާއި ޚިޔާނާތް ފަދަ ބޮޑެތި މެގަ ޕްރޮޖެކްޓްތައް ބޭނުން ނުވާ ކަމަށް ޒިފްލީން ވިދާޅުވިއެވެ.

ތަރައްގީ ކުރުމުގެ ނަމުގައި ބޮޑެތި ލޯނުތައް ނަގައި ދައުލަތް ލޫޓުވުން އެއީ އެއްވެސް ހާލަތެއްގައި ބަލައިގަންނަ ކަންކަން ނޫން ކަމަށް ޒިފްލީން ވިދާޅުވިއެވެ.

"މިއަދު ކަރަޕްޝަން ސަރުކާރުން އަޅުގަނޑުމެންނަކީ ތަރައްގީއަށް ހުރަސްއަޅާ ބައެކޭ، ތަރައްގީގެ މަސައްކަތް ހުއްޓުވިގެންދަނީ އިދިކޮޅު ފަރާތްތަކުގެ ސަބަބުންނޭ ވިދާޅުވިއަސް އެއީ ދޮގެއް. މި ސަރުކާރުން ތަރައްގީގެ ނަމުގައި ނަގާ ބޮޑެތި ލޯނުތައް ނަގައިގެން ގައުމު ދަރަނިވެރިކުރުވައިގެން އެ ހިންގާ ޖަރީމާތައް އަޅުގަނޑުމެން ކުށްވެރިކުރަން،" ޒިފްލީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް