ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 08:20
ނާދިރާ: ވައްކަންކޮށްގެން ހޯދާ ތަރައްޤީއަށް ރައްޔިތުން ނޫނެކޭ ބުނެފި ކަމަށް ވިދާޅުވި
ނާދިރާ: ވައްކަންކޮށްގެން ހޯދާ ތަރައްޤީއަށް ރައްޔިތުން ނޫނެކޭ ބުނެފި ކަމަށް ވިދާޅުވި
ރާއްޖެ އެމްވީ
ރައްޔިތުންގެ ބަދަލު
ރައްޔިތުން ވާހަކަ ދައްކާނެ، ރައީސް ޔާމީން ހަޖަމް ކުރައްވާ: ނާދިރާ
ތިނަދޫއަށް ގެނެސްދިން ތަރައްޤީއެއް ގެނެސްދެއްވީ ރައީސް މައުމޫނާއި ރައީސް ނަޝީދު

ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކައާއި، ޤައުމުގައި ގޯސްކޮސް ހިނގާކަމަށް ރައްޔިތުންނަށް ފެންނަ ކަންކަމުގެ ވާހަކަ ރައްޔިތުން ދައްކާނެ ކަމަށާއި، ރައީސް ޔާމީން ޖެހިވަޑައިގަންނަވާނީ އެކަން "ހަޖަމު ކުރައްވަން" ކަމަށް، ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައިސާ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ގދ. ތިނަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާދިރާ ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ އިސްލާހީ މަސައްކަތް ރައީސް ޔާމީން ހަޖަމް ކުރައްވަން ޖެހޭ ކަމަށެވެ.

ނާދިރާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް އިސްލާހީ މަސައްކަތަށް ނުކުންނެވުމުން ރައީސް ޔާމީނަށް އެކަން ހަޖަމްވެވަޑައިނުގެން، ބޭނުންކުރެއްވީ ސިފައިންނާއި ފުލުހުންނާއި މުއައްސަސާތައް ކަމަށެވެ. އަދި އެއީ ކަން ކުރަންޖެހޭނެ ގޮތް ނޫންކަން ނާދިރާ ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުން ޤައުމު ތަރައްޤީ ކޮށްދެމުންދާ ވާހަކަ ދައްކާއިރު، ވައްކަންކޮށްގެން ހޯދާ ތަރައްޤީއަށް ރައްޔިތުން ނޫނެކޭ ބުނެފި ކަމަށާއި، ހުވަދު އަތޮޅާއި، ރައްޖޭގެ އެހެން ހިސާބުތަކުންވެސް ނިމިގެންދިޔަ ކައުންސިލް އިންތިޚާބުގައި އެއަޑު އުފުލައި އަދަދުން އެކަން ސަރުކާރަށް ދައްކާފައިވާކަމަށް ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ މިއަދު ފެންނަ މަންޒަރުން ހާމަވަނީ އެއް ކަމެއް ކަމަށާއި، އެއީ ރައީސް ޔާމީންގެ ފަހަތުގައި ތިބި ފަރާތްތައްވެސް ބައިބައިވެ އެކަކު އަނެކަކުގެ ކަރުގައި ހިފާފައިވާ މަންޒަރު ކަމަށެވެ.

ތިނަދޫގެ ތަރައްޤީ އާއި ގުޅޭގޮތުން ނާދިރާ ވިދާޅުވީ، ތިނަދޫއަށް ގެނެސްދީފައި ހުރިއްޔާ ހުރިހާ ތަރައްޤީއެއް ގެނެސްދެއްވީ ރައީސް މައުމޫނާއި ރައީސް ނަޝީދު ކަމަށެވެ. އަދި އެ ހަޤީޤަތް ސަރުކާރަށް ބަދަލު ނުކުރެވޭނެ ކަމަށާއި، ރައީސް ޔާމީން ޖެހިވަޑައިގަންނަވާނީ އެކަން ހަޖަމްކުރައްވަން ކަމަށް ނާދިރާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
24 ނޮވެންބަރ 2017 | ހުކުރު 14:33
ހ މ ޒ
އެގޮތުން ގދ. އަތޮޅުންނާއި ގއ. އަތޮޅުގެ އެކި ރަށްތަކުން މީހުން ތިނަދޫއަށް ގެންދިއުމުގެ މަސައްކަތް !މިއަދު އިދިކޮޅު ފަރާތްތަކުން ކުރަމުންދާއިރު، އިތުރު ބައެއް ރަށްތަކުން ވެސް ބައެއް މީހުން ތިނަދޫއަށް ގެންދިއުމަށް މިހާރު ދަތުރުކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ! .ހަޖަމު ކުރައްވަން ހަޖަމްވެވަޑައިނުގެން؟