ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 08:17
ރިޔާޒް: ސަރުކާރުން ސިއްރިއްޔާތުގައި ކުރާ ކަންކަމަށް ފާޑުވިދާޅުވި
ރިޔާޒް: ސަރުކާރުން ސިއްރިއްޔާތުގައި ކުރާ ކަންކަމަށް ފާޑުވިދާޅުވި
ރާއްޖެ އެމްވީ
ރައްޔިތުންގެ ބަދަލު
ރައީސް ޔާމީނާއި މެޑަމް ފާތުން ކުރައްވާ ކަންކަން ބެލޭނެ: ރިޔާޒް
ސަރުކާރުން ކުރަމުންދާ ކަންކަމަށް ޖަވާބުދާރީވާންޖެހޭނެ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ކުރައްވާ އެކި ކަންކަމުގެ މައްސަލަ ބެލޭނެ ދުވަހެއް އަންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ޒމްބާބުވޭ އާއި އަޅާކިޔުއްވަމުން ރިޔާޒް ވިދާޅުވީ، ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަރޓް މުގާބޭ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ގްރޭސް މުގާބޭ ހިތުހުރި ގޮތަކަށް ކަންކަން ކުރެއްވުމަށްފަހު ޝަރީއަތާއި ކުރިމަތިލާން ނުޖެހުނު ނަމަވެސް ރާއްޖޭގައި އެގޮތަށް ކަން ނުހިނގާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ހުސްވެފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވާއިރު މި ޖަލްސާގައި ވާހަކަ ދެއްކެވި އެހެން ބައެއް ބޭފުޅުންނެކޭ އެއްފަދައިން ރިޔާޒްވެސް ވަނީ އެ ބޭފުޅުންގެ ގޮނޑި ހުސްނުވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ މެންބަރުންގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައި، އެއަށް އަމަލުކުރަމުންދާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި، ސިއްރިއްޔާތުގައި ކަންކަންކުރުން އާންމުވެފައިވާ މިންވަރަށް އަލިއަޅުއްވާލައްވައި، ރިޔާޒް ވިދާޅުވީ، މިއަދު ވަޒީފާއެއް ލިބެނީވެސް ސަރުކާރު ހިންގާ ޕާޓީއަށް ސޮއިކޮށްގެން ކަމަށާ، ޒުވާނަކު ގެޓްސެޓް ލޯނެއް ހޯދަން ބޭނުންވިޔަސް ފުރަތަމަ ޖެހެނީ ޕާޓީއަށް ސޮއިކުރަން ކަމަށެވެ. ރިޔާޒް އިތުރަށް ވިދާޅުވީ މި ކަންކަން މިހެން ހުރިއިރު، ފްލެޓް ލިބުނު ފަރާތްތައް މުޅިން ސިއްރުކޮށްފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް