ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 08:15
މެންބަރު ސައުދު: ހުވަދު އަތޮޅުގައި ރައީސް ޔާމީނަށް ތާޢީދު ނެތް
މެންބަރު ސައުދު: ހުވަދު އަތޮޅުގައި ރައީސް ޔާމީނަށް ތާޢީދު ނެތް
ޕީޕަލް މެގަޒިން
ރައްޔިތުންގެ ބަދަލު
ރައީސް ޔާމީންގެ ވެރިކަމުގައި ހުވަދު އަތޮޅުގެ މަސްވެރިންނަށް ވީ ފައިދާއެއް ނެތް: ސައުދު
މަސްވެރިންނަށް ދިމާވެފައި ހުރި ދަތިތަކުގެ ވާހަކަ ފާހަގަކުރެއްވި
ހުވަދު އަތޮޅުން ރައީސް ޔާމީނަށް 5 އިންސައްތަ ވޯޓުވެސް ނުލިބޭނެ ކަމަށް ވިދާޅުވި

ހުވަދު އަތޮޅުގެ މަސްވެރިން މަސް ކިރުވުމަށްފަހު، އެކްސްޕޯޓް ކުރަނިކޮށް ގިނަ އަދެއްގެ މަސް ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ގދ. ތިނަދޫގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، ދާދިފަހުން ރާއްޖެއިން މަސް އެކްސްޕޯޓް ކުރި ބޯތެއް ރާއްޖެއިން ފެށިގެން ބޯޓުގެ މަންޒިލާއި ހަމައަށް ދިޔައިރު އޭގެން 64 ޓަނުގެ މަސް ގެއްލިފައިވާ ކަމަށެވެ.

މީގެ އިތުރުން ސައުދު ވިދާޅުވީ މަސްވެރިންނަށް މަސްކިރުވުމުގައި ދަތިތަކެއް ހުރިކަން މަސްވެރިން ފާހަގަކުރާ ކަމަށެވެ. އަދި އައިސް ލިބުން ދަތި އުނދަގޫ ކަމަކަށް ވެފައިވާއިރު، މަސް ކިރުވުމުން، އޭގެ ފައިސާވެސް މިހާރު ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ،

ސައުދު ވިދާޅުވީ ކަންކަން މިހެން ހުރުމުން، 'މަހުލޭ ހިނގާ' ހުވަދު އަތޮޅުގެ މަސްވެރި ރައްޔިތުން މިހާރު ބޭނުންވަނީ ރައީސް ޔާމީން ވަގުތުން ވަގުތަށް އިސްތިޢުފާ ދެއްވުމަސް ކަމަށެވެ.  

މީގެ އިތުރުން ސައުދު ވިދާޅުވީ، ހުވަދޫއަށް ނިސްބަތްވާ ވަޒީރުންނާއި މެންބަރުން ރައީސް ޔާމީނާ އެކު ތިއްބެވި ނަމަވެސް، އެފަރާތްތަކަށް ހުވަދު އަތޮޅު ފަތަޙަ ނުކުރެވޭނެ ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ސައުދު ވިދާޅުވީ، އިންތިޚާބެއް ބާއްވައިފިނަމަ ރައީސް ޔާމީނަށް 5 އިންސައްތަވެސް ނުލިބޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް