ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 00:01
މަޑަވެެލި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމް
މަޑަވެެލި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމް
މުހައްމަދު ފަޒީން
ތިނަދޫ ޖަލްސާ
ޖަލުގައި ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުންނާއިގައިދީން މިނިވަން ކުރާނަން: މަޑަވެެލި ނާޒިމް
ޖަލުގައި ތިއްބެވިި ހުރިހާ ސިޔާސީ ލީޑަރުންނާއި 1700ގައިދީން މިނިވަން ކުރާނެކަމަށް ވިދާޅުވި
ނާޒިމް ވިދާޅުވީ، ހުވަދުއަތޮޅަކީ ރައީސް ޔާމީންގެ އަތޮޅެއް ނޫން ކަމަށް

މިހާރު ކުރަމުންދާ އިސްލާހީ މަސައްކަތުގައި މިވަގުތު ޖަލުގައި ތިއްބެވިި ހުރިހާ ސިޔާސީ ލީޑަރުންނާއި 1700ގައިދީން މިނިވަން ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެެލި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ، އެބޭފުޅުން ރައީސް ނަޝީދާއެކު އިސްލާހީ މި މަސައްކަތުގައި ނުކުންނެވީ ވެސް ވަރަށް ބޭއިންސާފު ދުވަސްވަރެއްގައި ކަމަށެވެ. އަދި އޭރުޓީވީތަކުން ދައްކާ އެއްޗެހި ބަލަނީ ޕްރޮޖެކްޓަރު އަޅުވައިގެން ކަމަށް ވިދާޅުވިއެވެ.  އަދި މުއާމަލާތްކުރަނީ ވެސް ސިޓީބިޓީން ކަމަށް ވިދާޅުވިއެވެ. އަދި އިންތުޚާބު ކާމިޔާބު ކުރީ އެ ދަތިދުވަސްވަރުގައި ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އޭރު ވެރިކަމަށް ވަޑައިގެން ރައީސް ނަޝީދު އަބަދު ވެސް  "ތިމަންނާއަކީ ތިމަންނާމެންގެ ހަލާލު މަސައްކަތުން ކައިބޮއި އުޅޭ ޒުވާނެކޭ" ބުނެވެން ޖެހޭނެ ކަމަށް ރައްޔިތުން ކައިރީ ވިދާޅުވެފައި އޮންނަ ކަމަށް ނާޒިމް ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ، އެމްޑީޕީއަށް ވެރިކަން ކުރަން ލިބުނީ ކުޑަދުވަސްކޮޅެއް ކަމަށެވެ. އަދި އެ ކުޑަ ދުވަސްކޮޅުގައިވެސް ހުވަދު އަތޮޅަށް އެމަނިކުފާނު ގެނެސްދެއްވި ތަރައްގީ އެ އަތޮޅު ރައްޔިތުން ބަލައިގަތީ ލޯތްބާއިއެކު ކަމަށް ވިދާޅުވިއެވެ.

ނާޒިމް ވަނީ އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރުސައުދުﷲ ހިލްމީގެ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ އަޒުމުގައި ދެމިހުންނެވުމަށް އޭނާއަށް ގޮވާލެއްވިއެެވެ.

ނާޒިމް ވިދާޅުވީ، ހުވަދުއަތޮޅަކީ ރައީސް ޔާމީންގެ އަތޮޅެއް ނޫން ކަމަށާއި، އެ އަތޮޅުން ރައީސް ޔާމީނަށް ތާއީދު ނުކުރާނެ ކަމަށެވެ. . 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް