ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 23:44
ޑރ ހުސައިން ރަޝީދު
ޑރ ހުސައިން ރަޝީދު
ރާއްޖެއެމްވީ
އިދިކޮޅު ގުޅިފައިވާ ޕާޓީތައް
ގޮނޑި ގެއްލުވާލުމުގެ ޖަރީމާ ހިންގި ފަރާތްތަކާ ޤާނޫނު އަރާ ހަމަ ކުރާނެ:ޑރ ހުސައިން
ވެނުމަސް ވެނަށް ކާންދީފައި ކަލަގޮވަން ނުހަދާ
ރައީސުލް ޖުމްހޫރިއްޔާއަކަށް ދަރާފައެއް ނޯންނާނެ
ރައީސަށް މުސާރަ ދެނީ ކަންކަން ކުރަން

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކެއް ގެއްލުވާލި ކަމަށް ބުނެ އެ ޖަރީމާ ހިންގި ފަރާތްތަކާ ޤާނޫނު އަރާ ހަމަކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރ ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ގދ ތިނަދޫގައި ބޭއްވި ޖަލްސާގައި ޑރ ހުސައިން ރަޝީދު ވިދާޅުވީ  ތިނަދޫ ދެ ދާއިރާގެ މެންބަރުންގެ  ގޮނޑި ވެސް ގެއްލިފައިނުވާނެ ކަމަށެވެ. 

ހުސައިން ރަޝީދު ވިދާޅުވީ އެގޮނޑިތަކުގައި އެބޭފުޅުންގެ ދައުރު ހަމަވަންދެން ތިއްބަވާނެ ކަމަށާއި ނާއިންސާފްގެ މައްޗަށް އިންސާފު ޤާއިމް ކުރެވޭނޭ ދުވަސް ދާދި ގާތް ވެއްޖެ ކަމަށެވެ. އަދި މި އަނިޔާވެރިކަމުގެ ސަރުކާރު ޤާނޫނީ ހަމަތަކުގެ މަތިން ވަރަށް އަވަހަށް ނިމުމަކަށް ގެންނާނެ ކަމަށް ވެސް ހުސައިން ރަޝީދު ވިދާޅުވިއެވެ.

" އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ 10 މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނަން ލަދުގަންނަން ޖެހޭނެ. ގޮނޑި ގެއްލިއްޖެ ކަމަށް ބުނެވޭނެ އެފަދަ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ." ޑރ ހުސައިން ރަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީން ތަރައްޤީ ގެންނަވާކަމަށް ވިދާޅުވާ ވިދާޅުވުމަށް އިޝާރާތް ކުރައްވާ ހުސައިން ރަޝީދު ވިދާޅުވީ ރައްޔިތުން ރައީސުލް ޖުމްހޫރިއްޔާއެއް ހޮވައި އެރައީސުލް ޖުމްހޫރިއްޔާއަށް މުސާރަ ދެއްވަނީ ރައްޔިތުންނަށް ޓަކައި ކަންކަން ކޮށްދެއްވަން ޖެހޭތީ ކަމަށެވެ. ޤާނޫނު އަސާސީން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްފައި ކަލަގޮވައިގެން ނުވާނެ ކަމަށާއި ރައީސުލް ޖުމްހޫރިއްޔާއަކީ ރައްޔިތުންނަށް ޚިދުމަތް ކުރައްވަން  ހޮވާފައި ހުންނަ ރައްޔިތުންގެ ޚާދިމެއް ކަމަށެވެ.

"ވެނުމަސް ވެނަށް ކާންދީފައި ކަލަގޮވަން ނުހަދާ. އަޅުގަނޑުމެން މުސާރަ ދީފައި ވަޒީފާ އަދާކުރަން ބުނީމާ އެކުރާ ކަންކަން ކުރި ވާހަކަ ދައްކަވަން ނުހަދާ. ރައީސުލް ޖުމްހޫރިއްޔާއަކަށް ދަރާފައެއް ނޯންނާނެ. އެމަނިކުފާނު އެހުންނެވީ 5 އަހަރު އެކަންކަން ކުރަން" ޑރ ހުސައިން ވިދާޅުވިއެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް