ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 23:08
ކުރީގެ ޔޫތު މިނިސްޓަރ މަލީހު
ކުރީގެ ޔޫތު މިނިސްޓަރ މަލީހު
ސިމާހާ ނަސީމް
މަލީހު ޖަމާލު
އެކަނިމާއެކަނި މިޒަމާނުގައި ބޯވަވެސް ނުނެގޭނެ: މަލީހު
ޤައުމު އޮޔާ ދޫކޮށެއް ނުލެވޭނެ: މަލީހު

އަމިއްލަ އެދުން އިސްކޮށްގެން މިޒަމާނުގައި ބޯވަވެސް ނުނެގޭނެ ކަމަށް ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ލަންޑަނުގައި ހުންނަވައިގެން މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤައުމު އޮޔާ ދޫކޮށްނުލެވޭނެ ކަމަށެވެ. މަލީހު މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނާއިއެކު 2013ގެ އިންތިޚާބުގައި މަސައްކަތްކުރެއްވި ގިނަ އަދަދެއްގެ ބޭފުޅުންނާއިއެކު ނަގާފައިވާ ފޮޓޯއަކާއިއެކުއެވެ. އަދި މިފޮޓޯގައި އޭރު އެމަނިކުފާނުގެ އަރިހުގައި ތިއްބަސް މިއަދު ރައީސް ޔާމީނާއި ދެކޮޅުވެފައިވާ ބޭފުޅުން ފާހަގަކޮށްފައިވެއެވެ. މިފޮޓޯއަކީ މިހާރު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފެތުރެމުންދާ ފޮޓޯއެކެވެ.

މަލީހުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އަބްދުﷲ އަމީން މިވަގުތު ތިއްބެވީ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދާއި ބައްދަލު ކުރެއްވުމަށް އިނގިރޭސިވިލާތުގައެވެ. މަލީހުއާއި އަމީންގެ އިތުރުން ޖަމީލަކީ ދިވެހި ޤައުމީ ޕާޓީގެ ޒަމާނުން ފެށިގެން އެއްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް