ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 22:29
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
ޓްވިޓަރ
ތިނަދޫ ޖަލްސާ
ސިކުނޑިއާއި ނަފްސު ގަބޫލު ނުކުރާ އެތައް ކަމަކަށް ދާއިރާގެ ރައްޔިތުންނަށްޓަކައި ވޯޓް ދީފައި ހުންނާނެ: ސައުދުﷲ
ގޮނޑި ގެއްލޭ ގޮތް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް، އެކަން ނިންމާނީ އީސީއަކުން ނޫން
ދާއިރާގެ 5000 ރައްޔިތުން ނުކުމެ ތިމަންނާމެން އިންތިޚާބު ކުރި މެންބަރު ކޮބައިތޯ ސަރުކާރާ ސުވާލު ކުރުމަށް ސައުދު ވިދާޅުވި

ސިކުނޑިއާއި ނަފްސު ގަބޫލު ނުކުރާ އެތައް ކަމަކަށް ދާއިރާގެ ރައްޔިތުންނަށްޓަކައި ވޯޓްދީފައި ހުންނާނެ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ. ތިނަދޫގައި އިދިކޮޅު ޕާޓީތަކުން ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައުދުﷲ ވިދާޅުވީ، މި ސަރުކާރުން މަޖިލީހަށް ލީ ކިތަންމެ ބިލަކަށް ، އޭނާގެ ހިތާ ރޫހާއި ވިސްނުމާއި ދެކޮޅަށް ވޯޓްދެއްވައިފައި ގޭގައި އޮންްނަވަނީ މޭ މަތީގައި ފޮތިއަޅުއްވައިގެން ކަމަށެވެ.

ސައުދުﷲ ވިދާޅުވީ، ގޮނޑި ގެއްލޭގޮތް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔަންކޮށްފައި އެބައޮތްކަމަށާއި، އެކަމަކު އެހެން އޮއްވައި އިލެކްޝަންސް ކޮމިޝަނުން ގޮނޑިގެއްލިއްޖެ ކަމަށް ނިންމިއަސް އެކަން ގަބޫލުކުރާނެ މީހަކު ނުހުންނާނެ ކަމަށެވެ.

 "އެކަމެއް އަޅުގަނޑު ގަބޫލެއް ނުކުރަން، އެކަން ސާފުކުރުމަށް ދެ ސިޓީ ފޮނުވީމައި ދެންނެވީ އެކަމާބެހޭ ތަނަކަށް ފޮނުވާށޭ، މަޖިލީހަށް ފޮނުވީމައި ވެސް ޖަވާބެއް ނުދޭ" ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މެންބަރެއްގެ ގޮނޑި ގެއްލޭނެ ގޮތް ގާނޫނާއި ގާނޫނުއަސާސީގައި ސާފުކޮށް އޮއްވައި އީސީން އެކަން ކަނޑައެޅިޔަސް ސްޕްރީމްކޯޓުން ގޮތެއް ނުނިންމާހާ ހިނދަކު އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އޭނާއަށް ތާއީދުކުރާ ދާއިރާގެ 5000 ރައްޔިތުން ނުކުމެ ތިމަންނާމެން އިންތިޚާބު ކުރި މެންބަރު ކޮބައިތޯ ސަރުކާރާ ސުވާލު ކުރުމަށް ސައުދުﷲ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސްޕްރީމްކޯޓުން ވަކިއެއްޗެއް އަންގަންދެން ދާއިރާގެ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމުގައި ދެމި ހުންނަވާނެ ކަމަށެވެ.

ސައުދުﷲ ވިދާޅުވިގޮތުގައި ތިނަދޫއަށް އައިސްފައިވާ ތަރަށްގީއަކީ، މި ސަރުކާރުން ގެނައި ތަރައްގީއެއް ނޫނެވެ. އަދި އެއީ ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ޒައާމަތުގައި އައިސްފައިވާ ތަރަށްގީ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާގެ ވާހަކަ ނިންމަވާލައްވަމުން ސައުދުﷲ ވިދާޅުވީ، އޭނާ އެ ގޮނޑިއަށް އިންތިޚާބު ކުރެއްވި މެންބަރުން ފައިބާށޭ ނުބުނާހާ ދުވަހަކު އަދިވެސް ހުންނަވާނީ ރަައްޔިތުންގެ ޚިދުމަތުގައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް