ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 23:12
ބްރިޓިޝް އެއަރވޭސް: ރާއްޖެއިން މިހާރު އިލެކްޓްރޯނިކްސް ސާމާނު އުފުލޭނެ
ބްރިޓިޝް އެއަރވޭސް: ރާއްޖެއިން މިހާރު އިލެކްޓްރޯނިކްސް ސާމާނު އުފުލޭނެ
ގޫގުލް
ބްރިޓިޝް އެއާރވޭސް
ބްރިޓިޝް އެއާރވޭސްގައި އިލެކްޓްރޯނިކް ސާމާނު ގެންދެވޭގޮތަށް ހަމަޖެހިއްޖެ
އެކަން ދިވެހި ސަރުކާރަށާއި އެ އެއަރލައިންގެ ހުރިހާ ދާއިރާތަކަކަށް ވަނީ އަންގާފައި

ދިވެހިރާއްޖެއިން ބްރިޓިޝް އެއާރވޭސްގައި އިނގިރޭސިވިލާތައް ދަތުރުކުރާ ފަސިންޖަރުންނަށް ކެބިން ބެގޭޖުގައި އިލެކްޓްރޯނިކް ސާމާނު ގެންދެވޭގޮތަށް ހަމަޖެހިއްޖެއެވެ.

މީގެ ކުރިން ދިވެހިރާއްޖެއިން އިގިރޭސިވިލާތައް ބްރިޓިޝް އެއާރވޭސްގައި ދަތުރުކުރާ ފަސިންޖަރުންނަށް ކެބިން ބެގޭޖުގައި އިލެކްޓްރޯނިކް ސާމާނު ނުގެންދެވޭގޮތަށް އޮތް އޮތުން، އެ އެއާރލައިނުން ބުދަ ދުވަހު ވަނީ ނިމުމަކަށް ގެނެސް އެކަން ދިވެހި ސަރުކާރަށާއި އެ އެއާރލައިންގެ ހުރިހާ ދާއިރާތަކަކަށް  އަންގާފައެވެ.

މި ގޮތަށް މިކަން ހަމަޖެއްސި ސަބަބެއް ކަމުގައި އެ އެއާރލައިނުން ބަޔާންކޮށްފައި ވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ ރައްކާތެރިކަން ހަރުދަނާކުރުމަށްޓަކައި އެއާރލައިނުން ހުށަހެޅި ހިޔާލުތަކަށާއި ދިން މަޝްވަރާތަކަށް ދިވެހި ސަރުކާރުން އަހަންމިއްޔަތުކަން ދެއްވުމުގެ އިތުރުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުން މި ދާއިރާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތައްޔާރުވެފައިވާ މިންވަރު ކަމަށެވެ.

މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯރޓުގައި އެކްސްޕްލޯސިވް ޓްރޭސް ޑިޓެކްޓަރސް ބޭނުން ކުރަން ފެށުމަކީ އެއާރޕޯރޓްގެ ރައްކާތެރިކަމަށްޓަކާ އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށާ އެކަމުގެ ސަބަބުން އެއާރޕޯރޓްގެ ރައްކާތެރިކަން އިތުރަށް ހަރުދަނާ ވެގެން ދިޔަކަމަށް އެ  އެއަރލައިނުން ދެކޭކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. އަދި މިކަންކަމުގައި މޯލްޑިވްސް އެއަރޕޯރޓްސް ކޮންޕެނީ ލިމިޓެޑުން ދެއްވާ އަހައްމިއްޔަތާ އެއްބާރުލުން ވެސް އެއާރލައިނުން ފާހަގަ ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް