ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 19:48
ޖޯޑަންގެ ގްލޯބަލް މޮޑަރޭޝަން ފޯރަމްގެ ވަފްދު ރާއްޖޭގައި
ޖޯޑަންގެ ގްލޯބަލް މޮޑަރޭޝަން ފޯރަމްގެ ވަފްދު ރާއްޖޭގައި
އިސްލާމިކް މިނިސްޓްރީ
ދީނީ ހަރުކަށިކަމާ ދެކޮޅު
ޖޯޑަންގެ ދީނީ ހަރުކަށިކަމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތެއް ރާއްޖެ އަތުވެއްޖެ
މަގްސަދަކީ ރާއްޖޭގައި އިސްލާމްދީނުގެ ކަންކަން މެދުމިނުގައި ދެމެހެއްޓުން

ޖޯޑަންއާއި ދިވެހިރާއްޖެއާ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރި އެއްބައިވަންތަ ގުޅުން ބަދަހިކޮށް އިތުރުކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޖޯޑަންގެ ދީނީ ހަރުކަށިކަމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތެއް ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖެ ވަޑައިގެންނެވި ޖޯޑަންގެ ގްލޯބަލް މޮޑަރޭޝަން ފޯރަމްގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ސެކްރެޓަރީ ޖެނެރަލް، ހިޒް. އެކްސެލްންސީ އީއެންޖީ މަރްވާން އަލް-ފާޢޫރީ އާއި، ދި މެމްބަރ އޮފް ދަ އެގްޒެކެޓިވް އޮފިސް އޮފް ދަ ފޯރަމް، ޖޯޑަނުގެ ފޯމަރ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޯމަރ ޖޯޑަނުގެ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް ޓްރޭޑް މރ. މުހައްމަދު އަހުމަދު ސަލާމާ ހަލައިޤާ  ކަމަށް އިސްލާމިކް މިނިސްޓްރީ ބުނެއެވެ.

ޖޯޑަންގެ ގްލޯބަލް މޮޑަރޭޝަން ފޯރަމްގެ ވަފްދު ރާއްޖޭގައި 

ގްލޯބަލް މޮޑަރޭޝަން ފޯރަމްގެ ވަފުދުގެ ބޭފުޅުންގެ މި ދަތުރުފުޅުގެ މަގްސަދަކީ ރާއްޖޭގައި އިސްލާމްދީނުގެ ކަންކަން މެދުމިނުގައި ދެމެހެއްޓުމަށާއި، ދީނީ ހަރުކަށިކަމާއި، ހައްދުފަހަނައަޅާ ދިއުން ނައްތާލުމާއި، ޓެރަރިޒަމާއި، ދެކޮޅަށް ރާއްޖެއާ ގުޅިގެން ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި މިފަދަ ކަންކަމުގައި ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު ގުޅުން ބަދަހިކުރާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ޖޯޑަންގެ ގްލޯބަލް މޮޑަރޭޝަން ފޯރަމްގެ ވަފްދު ރާއްޖޭގައި 

މި ވަފްދުގެ ބޭފުޅުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒިޔާދުއާ ބައްދަލު ކުރައްވައި ރާއްޖޭގައި ދީނީ ކަންކަން މެދުމިނުގައި ދެމެހެއްޓުމާއި، ދީނީ ހަރުކަށިކަމާއި، ހައްދުފަހަނައަޅާ ދިއުން ނައްތާލުމަށް އެހީތެރިކަން ފޯރިކޮށްދެވޭނެ ގޮތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި މިވަފްދުގެ ބޭފުޅުންވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފުއާ ބައްދަލު ކުރައްވައި، ޓެރަރިޒަމާއި، ދެކޮޅަށް ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމާއި ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރިކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި މަހުގެ 21 ން 25 އަށް ރާއްޖެއަށް ކުރައްވާ މި ޒިޔާރަތުގައި ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ އިސްބޭފުޅުންނާއި މި ވަފްދުގެ ބޭފުޅުން ބައްދަލުކުރައްވާފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް