ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 21:07
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
ރާއްޖެއެމްވީ
މަސްތުވާތަކެތި އަތުލައިގަތުން
މަގުމަތީ އަގު 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ދެ ކިލޯއަށްވުރެ ގިނަ ކްރިސްޓަލް މެތު ވަނީ އަތުލައިގެންފައި
މިއީ ރާއްޖެއިން ކްރިސްޓަލް މެތު އެންމެ ގިނައިން އަތުލައިގަތް ފަހަރު
ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރެހެނަކާ 32 އަހަރުގެ ބިދޭސީއެއް

މަގުމަތީ އަގު 10 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި ކަމަށް ބުރާސްފަތި ދުވަހު ފުލުހުން ބުނެފިއެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އުމުރުން 40 އަހަރުގެ ދިވެހި ފިރެހެނަކާއި 32 އަހަރުގެ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ހުޅުމާލެއިންނެވެ.

"މި އޮޕަރޭޝަން ކުރިޔަށް ގެންގޮސް އެދުވަހު .. 21 ވަނަ ދުވަހު 18:40 ހާއިރު އަޅުގަނޑުމެން ތުހުމަތު ކުރެވޭ މީހާ ހުޅުމާލެ އެމްޕީއެލް ސަރަހައްދުން އަޅުގަނޑުމެންގެ ބެލުމުގެ ދަށަށްގެނައީ"، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވިއެވެ.

ހައްޔަރު ކުރެވުނު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތު ޖަހާފައެވެ.

ހައްޔަރު ކުރެވުނު މީހުން މިތަކެތި ބަހައްޓާފައި ހުރީ  ހުޅުމާލޭގައި އެމީހުން މަސައްކަތްކުރާ ސައިޓެއްގައި ކަމަށް މޫސާ އަލީ ވިދާޅުވިއެވެ.

"76 ބޮޑު ރަބަރު ޕެކެޓުގައި ބަންދުކޮށްފައިހުރި މަސްތުވާތަކެތި އަޅުގަނޑުމެންނަށް ފެނިފައިވޭ"

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ތިން ބާވަތެއް ހިމެނޭއިރު އޭގެ ތެރޭގައި 5 ކިލޯ 200 ގުރާމު ހަޝިޝް އޮއިލް، ހެރޮއިން، ބްރައުން ޝުގަރ 503 ގްރާމް އަދި ދެ ކިލޯ 81 ގްރާމްގެ ކްރިސްޓަލް މެތު ފެނިފައިވެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މިއީ މެތަމްފެޓަމީން ނުވަތަ ކްރިސްޓަލް މެތު މިހާ ގިނަ އަދަދަކަށް ރާއްޖެއިން ފެނުނު ފުރަތަ ފަހަރެވެ.

އިންޑޮނީޝިއާއާއި ތައިލެންޑްގައި އާއްމު ޑްރަގެއްކަމަށްވާ މެތު އަކީ ދުނިޔޭގެ އެންމެ ބާރުގަދަ މަސްތުވާތަކެތީގެ ތެރެއިން ހަވަނައަށް އެންމެ ބާރުގަދަ ޑްރަގެވެ.

މި މައްސަލައިގައި ހައްޔަރު ކުރެވުނު މީހާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގެ ރެކޯޑް އޮތް މީހެއްކެވެ.

"2016 ވަނަ އަހަރު  އޭނަ ހުރީ ޕެރޯލްގެ ދަށުން މުޖުތަމައަށް ދޫކޮށްފައި، ހަމައެހެންމެ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހުރީ އޭނަ އެ މުއްދަތު ހަމަކޮށް އެކަމުން މިނިވަންވެފަ. މިނިވަންވެފަ ހުއްޓައި މިކަމުގަ އުޅެނިކޮށް ދެވަނަފަހަރަށް އަޅުގަނޑުމެންނަށް އޭނަ މި ހައްޔަރު ކުރެވުނީ" މޫސާ އަލީ ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
23 ނޮވެންބަރ 2017 | ބުރާސްފަތި 20:15
މިނިވަންވެފަ
ދެން ތިޔައް ހަދާގޮތެއް ދަށްކާލަބަލަ ރައްޔިތުންނަށް
23 ނޮވެންބަރ 2017 | ބުރާސްފަތި 18:35
Vigu
Dhivehi meehaa dhookollaneetha jeheynee e aailaa in 10 varakah soyaaeku balhu ruh party ah vannan eyru hurihaakameh beyrumeehaa bolah dhivehi meehaa heki saabithu nuvaane
23 ނޮވެންބަރ 2017 | ބުރާސްފަތި 17:32
ހުސޭނުބޭ
މާދަމާ ޕާރޓީއަށް ސޮއިކޮށްލާ