ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 15:15
އެންއައިސީގެ މެންބަރުން
އެންއައިސީގެ މެންބަރުން
ރައީސް އޮފީސް ޓްވިޓާ
އެންއައިސީ
ފުލުހުންނަށް ފާޑުވިދާޅުވުމުން އެންއައިސީގެ ރައީސްގެ މަގާމުން މާނިއު ވަކިކުރައްވައިފި
މާނިއު އެ މަގާމުން ވަކިކޮށްފައި މި ވަނީ ފުލުހުންނަށް ފާޑުވިދާޅުވެފައި ވަނިކޮށް
މާނިއު ވިދާޅުވާ ގޮތުގައި އެންއައިސީގެ ތަހުގީގުތަކަށް ފުލުހުންގެ އެއްބާރުލުން ނުލިބޭ
މާނިއުކު ވަކިކުރެއްވިކަން ރައީސް އޮފީހުން ކަށަވަރު ކޮށްދެއްވާ

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މުހައްމަދު ކޮމިޝަންގެ ރައީސްގެ މަގާމުންނާއި މެމްބަރުންގެ މަގާމުން ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ވަކިކުރައްވައިފިއެވެ. 

އެންއައިސީގެ މާނިއު ރައީސްގެ މަގާމުންނާއި މެމްބަރުކަމުގެ މަގާމުން ވަކިކޮށްފައި މިވަނީ އެންއައިސީން ކުރިއަށް ގެންދާ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސްވެރިންގެ ފަރާތުން އެއްބާރުލުން ލިބެމުން ނުދާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. 

މާނިއު އެންއައިސީގެ ރައީސްގެ މަގާމުން ވަކިކޮށްފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވަނީ ޔަގީން ކޮށްދެއްވާފައެވެ. 

 

މިދިޔަ ބުރާސްފަތި ދުވަހު ގއ. ވިލިގިލީގައި ހުންނަ ފުލުހުންގެ މަރުކަޒުގައި ކުށުގެ ތުހުމަތުގައި ބަންދުކުރާ ފަރާތްތައް ބަންދުކުރާ ގޮޅީގެ ޙާލަތު ބެލުމަށް އެންއައިސީގެ ތަހުޤީޤް ޓީމަކުން ޒިޔާރަތްކުރިއެވެ. އަދި އެންއައިސީގެ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން އެތަނުގެ ފޮޓޯ ނަގަން ބޭނުން ކަމަށް އެންގުމުން، ލިޔުމުން އެކަމަށް އެދުމަށް ވިލިގިލީ ފުލުހުން އެންގި ކަމަށް ވެއެވެ. އަދި ޤާނޫނުން ބާރު ލިބުނު ނަމަވެސް، އެއްބާރުލުން ދިނުމުގެ ގޮތުން އެންއައިސީން ވަގުތުން ސިޓީއެއް ފޮނުވި ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެތަނުގެ ފޮޓޯ ނެގުމަށް ފަހު އެންއައިސީގެ ތަހުޤީޤް ޓީމް ގއ. މާމެންދޫއަށް ގޮސް ތިއްބައި، ވިލިގިލިން ފުލުހުންގެ ބަޔަކު މާމެންދޫއަށް އަރައި، އެންއައިސީގެ މުވައްޒަފުން ލައްވައި، އެމީހުން ނެގި ފޮޓޯތައް ޑިލީޓްކުރުވިއެވެ. އަދި މީހުން ބަންދުކުރާ ގޮޅީގެ ފޮޓޯ ނަގަން ހުއްދަ ދެވުނީ އޮޅިގެން ކަމަށް އެންއައިސީއަށް އެންގި ކަމަށް ފުލުހުން ބުނި ކަމަށް ވެއެވެ.

އެ ހާދިސާއާ ގުޅިގެން، އެންއައިސީން ބަލަމުންދާ މައްސަލަތަކަށް ފުލުހުންގެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ، އެކޮމިޝަންގެ ރައީސް ޔޫސުފް މާނިއު ހޮނިހިރު ދުވަހު ވަނީ ޓްވީޓްކުރައްވާފައެވެ. އަދި މިކަމާ ބެހޭ ގޮތުން ރާއްޖެއެމްވީއިން ސުވާލު ދެންނެވުމުން މާނިއު ވިދާޅުވީ އެފަދަ ޙާދިސާއެއް ހިނގާފައިވާ ކަމަށާއި، އެފަދަ ޙާދިސާތައް ހިނގުން އާއްމު ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން އެންއައިސީއަށް ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
23 ނޮވެންބަރ 2017 | ބުރާސްފަތި 17:20
ގާދިރު
ގައިދީންނައްމައާފުދޭއުސޫލުންމިނިވަންކޮމިޝަންތަކަމެދުވެސްއަމަލުމިކުރަނީއެއައްކިޔާނީމިނިވަންކޮމިޝަނުގެބަދަލުމިނިކާކޮމިޝަން