ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 14:52
ރައީސް މުހައްމަދު ނަޝީދު: 2013 ގެ ރިޔާސީ އިންތިހާބު ނަތީޖާ ގަބޫލުކުރައްވާ ކަމަށް ރައީސް ނަޝީދު އޭރު ވިދާޅުވި
ރައީސް މުހައްމަދު ނަޝީދު: 2013 ގެ ރިޔާސީ އިންތިހާބު ނަތީޖާ ގަބޫލުކުރައްވާ ކަމަށް ރައީސް ނަޝީދު އޭރު ވިދާޅުވި
ގޫގުލް
ރައީސް ނަޝީދު
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
2013 ގެ ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވެފައިވޭ

ރާއްޖޭގައި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު މިހެން ގޮވާލައްވާފައި ވަނީ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ 2013 އިގެ ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަން ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެމުންދާ ކަމަށެވެ. އަދި އެ މައްސަލް މިނިވަން ކޮމިޝަނަކުން ބެލުމަށް އެ ޓްވީޓްގައި ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

 

 

ރާއްޖޭގައި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާއިރު އެފަހަރުގެ ރިޔާސީ އިންތިހާބު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކާމިޔާބުކުރެއްވުމުން ރައީސް ނަޝީދު ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ. އެ ފަހަރު އިންތިހާބު ޔާމީން ޔާމީޔާބުކުރެއްވީ ފަސްހާހެއްހާ ވޯޓުގެ ތަފާތުންނެވެ. 

ރައީސް ޔާމީން އިންތިހާބު ކާމިޔާބުކުރެއްވި ނަމަވެސް އެ ފަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ. އަދި އަލުން އިންތިޚާބު ބޭއްވީ ސުޕްރީމް ކޯޓުގެ ގައިޑްލައިންތަކެއްގެ ދަށުންނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ނެރުނު ވޯޓާސް ލިސްޓްގައި ދުނިޔޭގައި ނެތް އެތައް ބަޔަކު ހިމެނޭ ކަމަށް އިދިކޮޅު ފަރާތްތަކުން އޭރު ވެސް ތުހުމަތުކުރިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް