ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 21:59
ދޫރެސް ކައިރިއަށް ވެއްޓުނު ސީޕްލޭން
ދޫރެސް ކައިރިއަށް ވެއްޓުނު ސީޕްލޭން
ރާއްޖެ އެމްވީ
ސީ ޕްލޭނެއް ވެއްޓުނު ހާދިސާ
ސީޕްލޭން ވެއްޓުމުން ކްރޫއިން އަމަލު ކުރީ އޮންނަ އުސޫލުގެ ތެރެއިން: އައިލެންޑް އޭވިއޭޝަން
ސީޕްލޭން ވެއްޓުމުން ކްރޫއިން އަމަލީ ކުރީ އޮންނަ އުސޫލުގެ ތެރެއިން
އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމިޓީން ދަނީ މިކަން ތަހުގީގު ކުރަމުން
އެ ބޯޓުގައި 15 މީހުން ދަތުރުކޮށްފައިވޭ

އައިލެންޑް އޭވިއޭޝަންގެ ސީޕްލޭން ވެއްޓުމުން ބޯޓުގެ ކްރޫއިން އަމަލުކޮށްފައި ވަނީ ކަނޑައެޅިފައިވާ ސްޓޭންޑާޓްތަކާއި ގަވައިތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެކުންފުނިން ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ، އެކްސިޑެންޓަށް ފަހު ބޯޓުގެ ކްރޫއިން އަމަލު ކޮށްފައި ވަނީ އެމަރޖެންސީ ހާލަތްތަކުގައި އަމަލު ކުރަންޖެހޭ ގޮތަށް ކަމަށާއި އަދި ހާދިސާ ހަމައަކަށް އެޅުވުމަށް ކްރޫއިން މަސައްކަތް ވެސް ކޮށްފައިވާ ކަމަށެވެ. މި މައްސަލަ އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމިޓީން މިހާރު ތަހުގީގު ކުރަމުންދާ އިރު އެ ތަހުގީގަށް އެކުންފުނިން ފުރިހަމަ އެއްބާރުލުން ދެމުންގެންދާ ކަމަށް އެކުންފުނިން ބުނެ އެވެ.

ދ. ދޫރެސް ކައިރިއަށް ވެއްޓުނު ސީޕްލޭންގައި ތިބި އިނގިރޭސި ދެ ފަތުރުވެރިއަކު ބޭރުގެ ބައެއް މީޑިޔާތަކަށް ކިޔާދީފައިވާ ގޮތުގައި، ބޯޓު ވެއްޓުމުން ފަސެންޖަރުން ސަލާމަތް ކުރުމުގެ ބަދަލުގައި ޕައިލެޓާއި ކްރޫ ވެސް ފަތާފައި އެއްގަމަށް އެރި ކަމަށެވެ. އަދި މުއްދަތު ހަމަވެފައި ހުރި ކުދި ލައިޓް ޖެކެޓްތަކެއް ދިން ކަަމަށް ވެސް އެ ދެ މީހުން ވަނީ ތުހުމަތުކޮށްފައެވެ. އިންތިޒާމްތަކާ މެދު ވެސް އެ މީހުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މިމަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 09:40 އެހާކަންހާއިރު ބޯޓު ވެއްޓުނު އިރު 15 މީހުން ބޯޓުގައި ތިއްބެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. މިއީ ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ހިނގި މިފަދަ ތިން ވަނަ ހާދިސާއެވެ. 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް