ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 13:29
ރައީސް އޮފީހުން ބުނާ ގޮތުގައި މި ފުރުސަތު ދޭން ނިންމީ ކޮމެޓީއެއް މެދުވެރިކޮށް އިންޓަވިއު ކުރުމަށް ފަހު
ރައީސް އޮފީހުން ބުނާ ގޮތުގައި މި ފުރުސަތު ދޭން ނިންމީ ކޮމެޓީއެއް މެދުވެރިކޮށް އިންޓަވިއު ކުރުމަށް ފަހު
ރައީސް އޮފީސް
ގައިދީންނަށް މައާފު ދިނުން
ސޯޝަލް ނެޓްވޯކްތަކުގައި ދައުލަތް ބަދުނާމް ނުކުރުން ހިމެނޭ ގޮތަށް ގިނަ ޝަރުތުތަކަކާ އެކު ގައިދީންނަށް ހާއްސަ ފުރުސަތެއް ދެނީ!
ރައީސް ޔާމީން ގައިދީންނަށް ދެއްވާ ހާއްސަ ފުރުސަތެއް
މިމަހުގެ ތެރޭގައި 429 ގައިދީއަކު ދޫކޮށްލާފައިވޭ
މި ފުރުސަތުގެ ދަށުން ދޫކޮށްލާ ގައިދީންގެ އަދަދު ހާމައެއް ނުކުރޭ

މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ގައިދީންނަށް ހާއްސަ ފުރުސަތެއް ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި، ރައީސް ޔާމީން ހާއްސަ ފުރުސަތެއް ދެއްވަން ނިންމެވީ، މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން އެކަމަށް ޝަރުތުހަމަވާ ގައިދީންނަށެވެ.

އެގޮތުން އަދަބު ލުއިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ފުރުސަތު ދޭން ނިންމަވާފައި ވަނީ އެކަމަށްޓަކައި އެކުލަވާލެވުނު ކޮމިޓީން ގައިދީންނާއި އެމީހުންގެ ބެލެނިވެރިންނާއި އިންޓަވިއު ކުރުމަށް ފަހު ކަނޑައެޅިފައިވާ ހާއްސަ ޝަރުތުތަކަކާ އެކުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އިސްލާޙީ ހާއްސަ ފުރުސަތަށް ދޫކޮށްލެވޭ ގައިދީންނަށް މުޖުތަމައުގެ އެކި ފަރާތްތަކުން ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. އަދި، މިގޮތަށް ދޫކޮށްލެވޭ ގައިދީން އާމްދަނީ ހޯދަން މަސައްކަތް ކުރުމަކީ ބެލެނިވެރިޔާ ބާރުއަޅަންޖެހޭ ކަމެއް ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނާ ގޮތުގައި، ހާއްސަ ފުރުސަތެއްގެ ދަށުން ގައިދީން މުޖުތަމައަށް ދޫކޮށްލާނީ ކަނޑައެޅިފައިވާ ދެ މަރުޙަލާއެއް ފުރިހަމަކުރުމަށް ފަހު ތިން ވަނަ މަރުޙަލާގަ އެވެ. އެގޮތުން، ފުރަތަމަ މަރުޙަލާގައި ގޭ ބަންދުގައި އެއް މަސް ދުވަހު ހުންނަންޖެހޭއިރު، ދެވަނަ މަރުޙަލާގައި ރަށު ބަންދުގައި ދެ މަސް ދުވަހު ހުންނަންޖެހެ އެވެ. އަދި ތިންވަނަ މަރުޙަލާގައި ޕާސްޕޯޓް ދޫކުރި ނަމަވެސް މޮނިޓަރިންގެ ގޮތުގައި ފަސް އަހަރު ހުންނަންޖެހެ އެވެ.

އެހެން ނަމަވެސް، ފުރަތަމަ ދެ މަރުޙަލާގެ ތެރޭގައި ވަޒީފާއެއް ލިބިއްޖެ ނަމަ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލެމުގެ ދަށުން ވަޒީފާއަށް ނުކުތުމުގެ ފުރުސަތު ކޮންމެ ގައިދީއަކަށް ވެސް ލިބޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނާ ގޮތުގައި، ގައިދީން މުޖުތަމައަށް ދޫކޮށްލުމުގައި ކޮމިޓީން ބަލާފައި ވަނީ މައިގަނޑު ތިން ކަމަކަށެވެ. އެގޮތުން، ކޮންމެ ގައިދީއެއްގެ ވެސް ކުށުގެ ބާވަތާއި ކުށަށް އަރައިގެންފައިވާ ގޮތާއި މިންވަރު ބަލާފައިވާ ކަމަށާއި، ކޮންމެ ގައިދީއެއްގެ ވެސް މިހާރުގެ ހާލަތާއި ޖަލުގައި ހޭދަކުރި މުއްދަތުގައި އަމަލުތައް ބަހައްޓާފައިވާ ގޮތް ވެސް ބަލާފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ.

ގައިދީންނަށް އިސްލާހީ ހާއްސަ ފުރުސަތުދޭން ނިންމާފައި ވަނީ ކަނޑައެޅިފައިވާ ވަކި ކަންތައްތަކަކަށް އަރައިނުގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއާ އެކު އެއްބަސްވެ އިގުރާރުވުމަށް ފަހުއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އެއް މަސް ދުވަހުގެ މުއްދަތަށް ގޭ ބަންދުގައި ހުރުން. 
  • ދެ މަސް ދުވަހަށް ރަށު ބަންދުގައި ހުރުން.
  • ފުރަތަމަ ތިން މަސް ހަމަވުމުން ފަސް އަހަރު ވަންދެން މޮނިޓަރިން މަރުޙަލާގެ ފަސް އަހަރު މުޖުތަމަޢުގައި ހޭދަކުރުން. 
  • ދިވެހިރާއްޖޭގެ ޤާނޫނުތަކަށާއި ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި ތަންފީޒީ އިދާރާތަކުގެ އެންގުންތަކަށް ތަބާވުން.
  • ޝަރުތުކުރެވިފައިވާ މުއްދަތުގައި ދެވޭ ޚާއްޞަ ފުރުޞަތުގެ ތެރޭގައި އެއްވެސް ކަހަލަ ކުށަކަށް އަރައިނުގަތުން.
  • މުޖުތަމަޢުގައި އުޅޭއިރު ޢާއްމު އިޖްތިމާޢީ އަދި އަޚުލާޤީ މިންގަނޑަށް އިޙްތިރާމްކުރުން.
  • ދަޢުލަތުގެ ކަމާބެހޭ އިދާރާއިން ބޭނުންވެއްޖެ ޙާލަތެއްގައި މަސްތުވާތަކެތި ބޭނުންކޮށްފައިވޭތޯ ބެލުމަށް ކުޑަކަމުދާ ތަކެތި ނުވަތަ ލޭގެ ސާމްޕަލް ދިނުން.
  • ޢާމްދަނީ ހޯދަން މަސައްކަތް ކުރުމާއި އެ މަސައްކަތުގެ ތަފްޞީލު މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއާ ޙިއްޞާ ކުރުން.
  • އިސްލާމް ދީނުގެ އަސާސްތަކާ ޚިލާފުނުވުން.
  • އޮންލައިން ސައިޓްތަކާއި ސޯޝަލް ނެޓްވޯކްތަކާއި އެނޫން ވެސް މީޑިއާގެ ވަސީލަތްތަކާއި ތަންތަނުގައި ދަޢުލަތުގެ އަގުވެއްޓޭ ގޮތަށް ވާހަކަ ނުދެއްކުން.
  • ޙަޤީގަތާއި ޚިލާފު ދޮގު މަޢުލޫމާތު ނުފެތުރުން. އަދި މިފަދަ ކަންކަމަށް ހިތްވަރުދީ ނުހެދުން.
  • މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ހުއްދަނެތި މީޑިއާ އިވެންޓްތަކުގައި ބައިވެރިނުވުން.
  • ޤަވާޢިދު ހުއްދަނުކުރާ އެއްވުންތަކުގައި ބައިވެރިނުވުން.

ރައީސް އޮފީހުން ބުނާ ގޮތުގައި، މޮނިޓަރ ކުރުމުގެ މުއްދަތުގެ ތެރޭގައި އެއްވެސް ޝަރުތަކާ ޚިލާފުވެއްޖެ ނަމަ ނުވަތަ އެފަދަ ކަމެއް ބެލެނިވެރިޔާ ފޮރުވަން މަސައްކަތްކޮށްފިކަން އެނގިއްޖެ ނަމަ އިސްލާހީ ހާއްސަ ފުރުސަތު ގެއްލި ކުރިން ހުރި ހާލަތަށް ކޮންމެ ގައިދީއަކު ވެސް ރުޖޫއަ ކުރެވޭނެއެވެ. އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ، އެ ގައިދީއެއްގެ ބެލެނިވެރިޔަކާ މެދު ދައުވާ ކުރެވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

ގައިދީންނަށް ހާއްސަ ފުރުސަތެއް ދެއްވަން ރައީސް ޔާމީން ނިންމަވާފައިވާކަން ރައީސް އޮފީހުން ހާމަކުރި ނަމަވެސް، މި ފަރުސަތުގެ ދަށުން ދޫކޮށްލަނީ ކިތައް ގައިދީން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މިމަހުގެ ތެރޭގައި ދޫކޮށްލި 429 ގައިދީންނަކީ މި ފުރުސަތުގެ ދަށުން ދޫކޮށްލި ގައިދީން ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެ އޮފީހުން ހާމައެއް ނުކުރެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
23 ނޮވެންބަރ 2017 | ބުރާސްފަތި 17:15
ގާދިރު
ރައީސުލްޖުމްހޫރިއްޔާކަމުގަހުރިމީހަ ވައްކަންނުކުރަންޝަރުތުކުރަންގޮވާލަން
23 ނޮވެންބަރ 2017 | ބުރާސްފަތި 17:13
ގާދިރު
އަލުންމަންމަގެބަނޑައްވަދެފަ އުފަންވުންވެސްތީގަހިމަނާލީމަފުރިހަމަވަނީއެހެންޏާފަހެއެމީހެއްގެހުރިހަމިނިވަންކަމަކައިއަސާސީހައްގުތަކުންމަހުރޫމްކޮއްލަފަކޮންމައާފެއްތިޔައް ދިވެހިބަހުންކިޔާނީ މައަފެއްނޫން ގޮއްމުށުބާރު
23 ނޮވެންބަރ 2017 | ބުރާސްފަތި 14:30
ޝާން
މީގެ އަޑީގައި ފޮރުވިފައިވާނީ ކޮންމެވެސް ވަގުން ތަކެއް ނޫނީ ޑްރަގު ޕާޓޭން ތަކެއް މިނިވަން ކުރުން. މިސަރުކާރުން ވަގުންނަށް ހިތްވަރުދޭނެކަމީ "ޔަގީން" ކަމެއް.