ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 11:50
ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން ތިނަދޫގައި: މި ޖަލްސާއަށް ގިނަ އަދަދެއްގެ ރައްޔިތުން ދާނެ ކަމަށް އެފަރާތްތަކުން ބުނޭ
ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން ތިނަދޫގައި: މި ޖަލްސާއަށް ގިނަ އަދަދެއްގެ ރައްޔިތުން ދާނެ ކަމަށް އެފަރާތްތަކުން ބުނޭ
ރާއްޖެ އެމްވީ
ރައްޔިތުންގެ ބަދަލު
ގުޅިފައިވާ ޕާޓީތަކުގެ ވަފުދަށް ތިނަދޫ އިން ފުރިހަމަ މަރުޙަބާއެއް ކިޔައިފި
ގުޅިފައިވާ ހަތަރު ޕާޓީގެ އިސް ބޭފުޅުން ތިނަދޫއަށް ވަޑައިގަތް
ތިނަދޫގައި ބާއްވާ ޖަލްސާއަށް ތައްޔާރުވުމަށް ޕާޓީތަކުގެ އެޑްވާންސް ޓީމެއް ވަނީ ތިނަދޫއަށް އައިސްފައި
އިދިކޮޅު ފަރާތްތަކުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެރޭ

ގދ. ތިނަދޫ:

ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހުގެރޭ މިރަށުގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެ ޕާޓީތަކުގެ އިސް ބޭފުޅުން މި ރަށަށް ވަޑައިގެންފިއެވެ.

ގުޅިފައިވާ ހަތަރު ޕާޓީގެ ބޭފުޅުން މި ރަށަށް ވަޑައިގެންނެވި ވަގުތު ވާރޭވެހެމުން ދިޔަ ނަމަވެސް، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ނުކުމެ އެ ބޭފުޅުންނަށް މަރުޙަބާ ކިޔާފައެވެ.

މިއަދު މިރަށަށް ވަޑައިގަތް ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ޗެއާޕަރސަން ޙަސަން ލަތީފާއި، އެޕާޓީގެ ޗެއާޕަރސަންގެ ނައިބު އަޙުމަދު ޢަބދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު އެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދާއި، އެ ޕާޓީގެ ޤައުމީ މަޖިލީހުގެ މެންބަރު އިބްރާހިމް އަމީރު ހިމެނިވަޑައިގަންނަވައެވެ.

ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުން މި ދަތުރުގައި ނައިބު ރައީސާ، އައިމިނަތު ނާދިރާ ބައިވެރިވެވަޑައިގަންނަވާއިރު، އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފް ވެސް މިއަދު ވަނީ ތިނަދޫއަށް ވަޑައިގެންފައެވެ.

ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންގެ ތެރެއިން މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަނީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ޑރ. ޙުސައިން ރަޝީދު ޙަސަން އާއި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަޙުމަދު ސަމީރާއި، ޕާޓީގެ ކައުންސިލް މެންބަރު އަޙުމަދު މުޙައްމަދުގެ އިތުރުން ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހެވެ.

އިދިކޮލު ފަރާތްތަކުގެ ޖަލްސާ ބުރާސްފަތި ދުވަހުގެރޭ ބާއްވާއިރު މި ޖަލްސާގައި ތިނަދޫގެ ރައްޔިތުންނާއި މި އަތޮޅުގެ އެހެން ބައެއް ރަށްތަކުގެ ރައްޔިތުން ބައިވެރިވާނެއެވެ.

މި ދަތުރުގަގެ ބައިވެރިން ބުރާސްފަތި އަދި ހުކުރު ދުވަހު ތިނަދޫގެ ގެތަކަށް ޒިޔާރަތްކޮށް، ރައްޔިތުންނާއި ބައްދަލުކުރުމަށް ވެސް ވަނީ ރާވާފައެވެ.

އިދިކޮޅު ފަރާތްތަކުން ތިނަދޫގައި ޖަލްސާއަކާއި އިތުރު ހަރަކާތްތައް ހިންގަމުންދާއިރު ހޮނިހިރު ދުވަހުގެރޭ ސަރުކާރުން މިރަށުގައި ބާއްވާ ޖަލްސާއަކާ ގުޅިގެން، ސަރުކާރުގެ އިހުސާންތެރިކަމުގެ ބަދަލު ހޯދުމަށް ސަރުކާރުގެ އިސްވެރިންގެ ޓީމަކުން ވެސް މި ރަށުގައި ދަނީ ހަރަކާތެރި ވަމުންނެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް