ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 13:26
އިމާދުއްސީން ސްކޫލު ކުދިން ސްކޫލަށް ވަންނަނީ
އިމާދުއްސީން ސްކޫލު ކުދިން ސްކޫލަށް ވަންނަނީ
ފާތިމަތު ޝަނާ މުހައްމަދު
ސްކޫލުތަކުގެ ކިޔެވުން
ދިރާސީ އަހަރުގެ ކިޔެވުން ނިންމާލައިފި
2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ކިޔެވުން ފެށޭނެ
78،000 ކުދިން ސްކޫލުތަކުގައި ތައުލީމު ހާސިލް ކޮށްފައިވޭ
7،700 ޓީޗަރުން ސްކޫލުތަކުގައި ކިޔަވާދީފައިވޭ

ސްކޫލުތަކުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި ޓީޗަރުންނާއި ސްކޫލްކުދިންގެ ދޮޅު މަހުގެ ޗުއްޓީ ފެށިއްޖެ އެވެ.

ސްކޫލުތަކުގެ ރިޕޯޓް ފޮތްތައް ހަވާލު ކުރުން ބުރާސްފަތި ދުވަހު ކުރިއަށް ގެންގޮސްފައިވާ އިރު އަންނަ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ.

އެހެން ނަމަވެސް ސްކޫލުތަކުގެ ޓީޗަރުން ސްކޫލުތަކަށް ރިޕޯޓްކުރަން ޖެހެނީ 2018 ވަނަ އަހަރުގެ ޖެނުއަރީ 8 ވަނަ ދުވަހު އެވެ.

މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިފައި ވަނީ 8 ޖެނުއަރީގައި އެވެ. އެގޮތުން 78،000 ކުދިންނާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔެވުން ފެށީ 7،700 ޓީޗަރުންނާ އެކު އެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 5،700 ޓީޗަރުންނަކީ ދިވެހި ޓީޗަރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.

މާލޭގެ 12 ސްކޫލެއްގެ އިތުރުން އަތޮޅު ތެރޭގައި 200 ސްކޫލެއްގައި އަންނަނީ ކިޔަވައިދެމުންނެވެ. އަދި 17 ރަށެއްގައި މަލްޓިގްރޭޑް އުސޫލުން ކިޔަވާދީފައިވެ އެވެ.

މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށިފައި ވަނީ އޮކްޓޫބަރު 28 ގައެވެ.

މިއަހަރުގެ އޯ ލެވެލް އިމްތިހާނުގައި 7000 ވުރެ ގިނަ ކުދިން ބައިވެރިވެފައިވާ އިރު އޯ ލެވެލް އިމްތިހާނު ނޮވެމްބަރު 14 ވަނަ ދުވަހުގެ ނިއަލަށް ކުރިއަށްގޮސްފައިވެ އެވެ.

އަންނަ އަހަރުގެ ދިރާސީ އާ އަހަރު 14 ޖެނުއަރީގައި ފަށާއިރު ފުރަތަމަ ޓަރމް ޓެސްޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މެއި 14 އިން 31 ގެ ނިޔަލަށެވެ. މީގެ އިތުރަށް ދެވަނަ ޓަރމުގެ ޓެސްޓްތައް ފެށުމަށް ހަމަޖެހިފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު 25 އިން ފެށިގެންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް