ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 03:21
ޕީޕީއެމް ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސާ އައިމިނަތު ނާދިރާ
ޕީޕީއެމް ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސާ އައިމިނަތު ނާދިރާ
ފާތިމަތު ޝަނާ މުހައްމަދު
ފަލަސުރުހީ
މެޑަމް ފާތުން ދެއްވާ ސްކޫލު ދަބަހުގައި ކުދިން ސްކޫލުތަކަށް ފޮނުވަން ހެޔޮ ނުވާނެ: ނާދިރާ
ރައްޔިތުން ސަރުކާރުން މިހިންގާ ކަންކަމަށް ހޭލުންތެރިވާންޖެހޭ
ދިވެހިން ކުރީގައި ގެންގުޅުނު ރީތި އާދަތައް ހިފަހައްޓަންޖެހޭ

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފާތިމަތު އިބްރާހިމް ސްކޫލު ކުދިންނަށް ދެއްވުމަށް ގެންނަ 4 ކޮންޓެއިނަރުގެ ދަބަސް ހޯދައިގެން ސްކޫލުތަކަށްދާ ކުދިން ކިޔަވާ އެއްޗެއްވެސް ސައްހަ ނުވާނެ ކަމަށް ޕީޕީއެމް ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ބުދަ ދުވަހުގެ ރޭ ވާހަކަދައްކަަވަމުން ނާދިރާ ވިދާޅުވީ، ސަރުކާރުގެ އިސްވެރިންގެ އަމަލުތައް ހުންނަގޮތަކީ އެމީހަކު ހިތަށް އަރާ ގޮތަކަށް ދައުލަތުގެ ފައިސާ ބޭނުން ކުރުން ކަމަށާއި، މިކަމަކީ ރައްޔިތުންވެސް ސަމާލު ވާންޖެހޭނެ ކަމެއް ކަމަށެވެ. އެފަރާތްތަކަށް ރައްޔިތުން އުޅެންޖެހޭ ބިކަހާލު ނޭނގޭ ކަމަށް ނާދިރާ ވިދާޅުވިއެވެ. އަނެއްކާވެސް މި އަޑު އިވެނީ ސްކޫލުތަކުގެ ކުދިންނަށް ހިލޭ ދަބަސް ގެނައުމަށް ހަތަރު ކޮންޓެއިނަރުގެ ސްކޫލު ދަބަސް ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ގެންނަވަން އުޅުއްވާ ވާހަކަ ކަމަށާއި، އެހެން ނަމަވެސް ސްކޫލު ކުދިންނަށް އައިޕެޑް ހޯދުމަށްވެސް ބަޖެޓުގައި ފައިސާ ހިމަނާފައިވާ ކަމަށެވެ.

"ހަތަރު ކޮންޓެއިނާގެ ދަބަސް ގެންނަނީ ކޮން އެއްޗެއް ލާންތޯ. އައިޕެޑް ލާންތޯ. މީގެ ކުރިން ރައީސް ޔާމީންގެ އަނބިކަނބަލުން އުޅުއްވީ ގެ ކައިރީގައި. އޭރުވެސް ހަމަ އެވިދާޅުވާ ގެތަކާ އެއްޗެހި ކުއްޔަށް ދީފައި ހުރޭ. މީހަކަށް ބައި ރުފިޔާއެއްވެސް ނުދެއްވާ. މިހާރު ކޮން ތާކުންތޯ އެކަމަނާ މުއްސަނދި ވެލައްވައިގެން އުޅުއްވަނީ. މިހަތަރު ކޮންޓެއިނަރ އަކީ ވަގު ފައިސާއަށް ގެންނާނެ ދަބަސް. ހަރާން ފައިސާގައި ހޯދާ ދަބަހަށް ފޮތްތައް އަޅާފައި ނުފޮނުވުމަށް ސްކޫލު ކުދިންގެ ބެލެނިވެރިންނަށް ގޮވާލަން،" ނާދިރާ ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވީ، ދިވެހި ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް ރަނގަޅު އާދަތަކެއް ގެންގުނު ބައެއް ކަމަށާއި އެމީހަކަށް ލިބޭ އާމްދަނީއަކުން، ކުރަންޖެހޭ ހުރިހާ ކަމެއް ހަމަޖައްސާ ބައެއް ކަމަށެވެ. އެހެން ނަމަވެސް މިއަދު މިފެނިގެންދަނީ، ދިއްކޮށްލި ދިމާލަކުން ދަމައިގަންނަ އުސޫލު ކަމަށާއި މިކަންކަމަކީ ފަރުދުންގެ ހައިސިއްޔަތުންވެސް ރަނގަޅު ކުރަންޖެހޭނެ ކަންކަން ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ނާދިރާ ވިދާޅުވީ، އެމަނިކުފާނަށް ތާއީދު މިއަދު ގެއްލިފައިވާ ކަމަށާއި މަޖިލީހުގައި ރައީސް ޔާމިންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިފި ނަމަ، ގާތްގަނޑަކަށް 10 މެންބަރުން ފިޔަވާ ހުރިހާ މެންބަރުންވެސް އިތުބާރު ނެތްކަމަށް ވޯޓު ދޭނެ ކަމަށް ނާދިރާ ވިދާޅުވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
24 ނޮވެންބަރ 2017 | ހުކުރު 10:07
ނާދިރާ
އަސްލުވެސް ، ތެދު ޙަޤީގަތް، ސާބަހޭ ނާދިރާ، އަދީބު އާއި ޒިމްބާބުވޭގެ މެޑަމް މެޑަމްފާތުމަތު ގްރޭސް މީކުއްލިޔަކަށް މުއްސަނދިވީ މީހުން، ކުއްލިޔަކަށް ސޮދަގާތް ކުރާ ބައެއް