ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 05:01
އީޔޫ ޕާލަމެންޓް މެމްބަރު ކްރިސްޓިއަން ޕްރެޑާ އާއި ރައީސް ނަޝީދު ބައްދަލުކުރައްވަނީ
އީޔޫ ޕާލަމެންޓް މެމްބަރު ކްރިސްޓިއަން ޕްރެޑާ އާއި ރައީސް ނަޝީދު ބައްދަލުކުރައްވަނީ
ޓްވިޓަރ
ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު އީޔޫގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވަނީ
ރައީސް ނަޝީދު މިވަގުތު ހުންނެވީ ބެލްޖިއަމްގައި
އީޔޫގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވައި، ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވި
އީޔޫއިން ދަނީ މެދުކެނޑުމެއް ނެތި ރާއްޖޭގެ ޙާލަތާއި މެދު ކަންބޮޑުވުން ފާޅުކުރަމުން

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ތިއްބަވާ ވިލާތުގެ އިއްތިޙާދުގެ އިސް ބައެއް ބޭފުޅުންނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވަމުން އެބަގެންދަވައެވެ.

ބެލްޖިއަމްގެ ލީޖް ޔުނިވަރސިޓީގެ 'ފެސްޓިވަލް ހޫގޯ'ގައި ބައިވެރިވެވަޑައިގަތުމަށް ބެލްޖިއަމްއަށް ވަޑައިގެން އުޅުއްވާ ރައީސް ނަޝީދުވަނީ ބުދަ ދުވަހު ޔޫރަޕިއަން ޕާލަމެންޓްގެ ބައެއް މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން އީޔޫ ޕާލަމެންޓްގެ މެމްބަރު ޗާލްސް ޓެނޮކް އާއި ބައްދަލުކުރައްވައި، ދީނީ ހައްދުފަހަނައަޅައި ދިޔުމާއި ބޮޑުވަމުންދާ ދަރަންޏާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

 

ޔޫރަޕިއަން ޕާލަމެންޓް މެމްބަރު ޗާލްސް ޓެނޮކް އާއި ރައީސް ނަޝީދު ބައްދަލުކުރައްވަނީ

އަދި އީޔޫ ޕާލަމެންޓް މެމްބަރު ކްރިސްޓިއާނާ ޕްރެޑާ އާއި ބައްދަލުކުރައްވައި، އިންސާނީ ހައްޤުތަކުގެ ޙާލަތާއި ސަލާމަތީ ކަންކަމާއިމެދު މަޝްވަރާކުރެއްވިއެވެ.

ރައީސް ނަޝީދު ވަނީ ފެސްޓިވަލް ހޫގޯގައި ބައެއް ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ތިމާވެށި ހިމާޔަތްކުރެއްވުމަށް ރައީސް ނަޝީދުކުރެއްވި މަސައްކަތްޕުޅަށް ބަލާލާ ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ ފިލްމް 'ދި އައިލެންޑް ޕްރެޒިޑެންޓް'ގެ ސްކްރީނިންގއެއްގައިވެސް ބައިވެރިވެވަޑައިގަތެވެ. ރައީސް ނަޝީދު އެނބުރި އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުގެ ކުރިން އީޔޫ ޕާލަމެންޓްގެ އެހެން ބައެއް މެމްބަރުންނާއި އަދި ޔޫރަޕްގެ އިސް އެހެން ބައެއް އޮފިޝަލުންނާއި ބައްދަލުކުރައްވާނެކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުނެއެވެ.

 

ލީޖް ޔުނިވަރސިޓީގެ 'ފެސްޓިވަލް ހޫގޯ'ގެ ތެރެއިން ރައީސް ނަޝީދު މީޑިއާއާއި ވާހަކަ ދައްކަވަނީ

ޔޫރަޕިއަން ޔޫނިއަންގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވާއިރު، ރާއްޖޭގެ ސިޔާސީ މަސްރަހާއިމެދު ކަންބޮޑުވެ، އީޔޫއިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް