ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 00:33
ޔުމްނާ މައުމޫން ފަލަސުރުހީ ޕްރޮގްރާމްގައި
ޔުމްނާ މައުމޫން ފަލަސުރުހީ ޕްރޮގްރާމްގައި
ފާތިމަތު ޝަނާ މުހައްމަދު
ފަލަސުރުހީ
ރަގަޅު ނޫން ބަޔަކަށް އެބްސޮލިއުޓް ޕަވަރ ލިބުމުން ވާނެ ގޮތް މިއަދު ގައުމުން މި ފެނިގެންދަނީ: ޔުމްނާ
ގައުމުގެ ހާލަތު ވަނީ ކަންބޮޑުވާ ދަރަޖައެއްގައި
އިސްލާހީ މަސައްކަތަށް ރައީސް މައުމޫން ނިކުތީ ގައުމު ބޮއްސުންލުމުން

އެބްސޮލިއުޓް ޕަވަރ ނުވަތަ ބޮޑެތި ބާރުތަކަކާ އެކު ރަގަޅު ނޫން ބަޔަކު ވެރިކަމަށް ގެނައުމުން ފެނިގެންދާނެ މަންޒަރު މިގައުމުން މިހާރު ފެންނަމުންދާ ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްވަަމުން ޔުމްނާ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެހެން ނަމަވެސް މިއަދު ގައުމުގެ ހާލަތު މިއޮތީ ކަންބޮޑުވަންޖެހޭ ހާލަތެއްގައި ކަމަށެވެ. މިސަރުކާރު ވެރިކަމަށް އައިސްފައި ވަނީ މަޖިލީހުގެ ވެސް ސުޕަރ މޮޖޯރިޓީއާ އެކު ކަމަށާއި އޭގެ ފައިދާ ވެސް ނާޖައިޒް ގޮތުގައި ސަރުކާރުން ނަގާފައިވާ ކަމަށެވެ.

"ގާނޫނީ ގޮތުން މިކަންކަން ހުއްޓުވަން ތިބޭ ފަރާތްތަކުން މިކަންކަން ނުހުއްޓުވާ ނަމަ، ނުވަތަ އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާތަކުން ކޮރަޕްޝަނުގެ މައްސަލަތައް ނުބައްލަވާ ނަމަ މިކަންކަން ހުއްޓުވޭނެ އިރެއް ނާންނާނެ. ކޮރަޕްޝަން އިންތިހާއަށް އިތުރުވަމުންދާ އިރު މިކަން ހުއްޓުވާނެ މުއައްސަސާއެއް ނޯންނާނެ،" ޔުމްނާ ވިދާޅުވި އެވެ.

ރައީސް މައުމޫން މިކަންކަން އިސްލާހު ކުރުމަށް ނުކުންނެވި ސަބަބަކީ ވެސް ރާއްޖޭގެ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓުން ކަމަށް ޔުމްނާ ވިދާޅުވި އެވެ. އިސްލާހީ މަސައްކަތަށް ތިން ލީޑަރުންނާ އެކު ނުކުމެވަޑައިގެން މިކުރައްވަނީ ގައުމު އިސްލާހުކޮށް ހަމަ މަގަށް އެޅުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިިގެންނެވީ ޕީޕީއެމް މެނިފެސްޓޯއާ އެކު ކަމަށާއި އެހެން ނަމަވެސް މިއަދު މެނިފެސްޓޯއާ އެއްގޮތަށް އަމަލު ކުރައްވަމުންދާ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް ޔާމީންގެ އަމިއްލަ ވިސްނުންފުޅުގައި ހުރި ކަންކަން ކުރައްވަމުންދާ އިރު ރައްޔިތުން ވޯޓު ދެއްވާފައި ވަނީ ޕީޕީއެމްގެ މެނިފެސްޓޯއަށް ކަމަށް ޔުމްނާ ވިދާޅުވި އެވެ.

މެނިފެސްޓޯގައި ކޮންމެ އަތޮޅެއްގައި އަރބަން ސެންޓަރުތަކެއް އަޅުއްވާނެ ކަމަށް ހިމަނާފައިވާ އިރު އެންމެ ފަހުން ބޭއްވި ޖަލްސާގައި ވެސް ރައީސް ޔާމީން ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުން މާލެއަށް އައުމަށް ގޮވާލައްވާފައި ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޔުމްނާ ވިދާޅުވީ، ދެމެހެއްޓެވި ތަރައްގީގެ ޕްލޭނެއް އޮވެގެން ގައުމު ތަރައްގީ ކުރަމުންދާ މަންޒަރު ނުފެންނަ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް