ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 23:08
އައްޑޫ ސިޓީގައި ކުރިއަށްދިޔަ ޓްރެފިކް އޮޕަރޭޝަން
އައްޑޫ ސިޓީގައި ކުރިއަށްދިޔަ ޓްރެފިކް އޮޕަރޭޝަން
ޕޮލިސް
ޓްރެފިކް އޮޕަރޭޝަން
އައްޑޫ ސިޓީގައި ކުރިއަށްދިޔަ އޮޕަރޭޝަންގައި 410 އުޅަނދު ބަލާ ފާސްކޮށްފި
ޓްރެފިކް އޮޕަރޭޝަން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފައިވާ

އައްޑޫ ސިޓީ ކައުންސިލްގައި ކުރިއަށްގެންދާ ޓްރެފިކް އޮޕަރޭޝަންގައި 410 އުޅަނދު ބަލާ ފާސްކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފި އެވެ.

ފުލުހުން ބުނީ " ދިވިލި މަތަ" ޓްރެފިކް އޮޕަރޭޝަން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ބަލާ ފާސްކުރި އުޅަނދުތަކުގެ ތެރޭގައި ހަތަރު ފުރޮޅުލީ އިންޖީނުލީ އުޅަނދުގެ 108 އުޅަނދާއި ދެ ފުރޮޅުލީ އިންޖީނު އުޅަނދުގެ 302 އުޅަނދު ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ. މި އޮޕަރޭޝަނުގައި ބަލައިފާސްކުރެވުނު އުޅަނދުތަކުގެ ތެރެއިން ގަވާއިދާ ހިލާފުވި 18 ފަރާތަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ޓްރެފިކް އޮޕަރޭޝަނަކީ އެއްގަމު ދަތުރުފަތުރުގައި އުޅަނދުތައް ދުއްވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ ގޮތުންނާއި، އުޅަނދުތަކުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހިންގަމުންދާ ސިލްސިލާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެ އެވެ.

މި އޮޕަރޭޝަނުގައި އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ވެހިކަލް ޗެކްޕޮއިންޓްތައް ގާއިމްކޮށްގެން، އުޅަނދުތަކުގެ އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް މުއްދަތު ހަމަވެފައިވޭތޯ އާއި ސްޓިކާ ހަރުކޮށްފައި ހުރިތޯ ބެލުމުގެ އިތުރުން ޓްރެފިކާ ގުޅުން ހުރި އެހެން ވައިލޭޝަންތައް ބަލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް