ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 22:17
ކުރީގެ ތިން މިނިސްޓަރުން ކަމަށްވާ އުމަރު ނަސީރު، މުހައްމަދު މަލީހު ޖަމާލު އަދި އަބްދުﷲ އަމީން
ކުރީގެ ތިން މިނިސްޓަރުން ކަމަށްވާ އުމަރު ނަސީރު، މުހައްމަދު މަލީހު ޖަމާލު އަދި އަބްދުﷲ އަމީން
މުހައްމަދު ފަޒީން
ޑރ. ޖަމީލު
ޑރ. ޖަމީލްއާ ބައްދަލު ކުރެއްވުމަށް ކުރީގެ ތިން މިނިސްޓަރަކު ލަންޑަނަށް ވަޑައިގަންނަވައިފި
ލަންޑަނަށް ވަޑައިގެންނެވީ އުމަރު ނަސީރު، މަލީހު ޖަމާލު އަދި އަބްދުﷲ އަމީން

އިނގިރޭސިވިލާތަށް އަމިއްލައަށް އަރުވާލެއްވިގެން ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލާ ބައްދަލު ކުރެއްވުމަށް، އެމަނިކުފާނާ އެކު މި ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ތިން ބޭފުޅަކު ފުރާ ވަޑައިގެންފިއެވެ. 

ޑރ. ޖަމީލާ ބައްދަލު ކުރެއްވުމަށް ލަންޑަނަށް ވަޑައިގެންނެވީ މި ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި، ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީނެވެ. 

މި ތިން ބޭފުޅުންނަކީ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށް ވެރިކަމަށް އަރާވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރުން ފެށިގެން އެކުގައި އުޅުއްވާ ގާތް ބޭފުޅުންނެވެ.

އެ ތިން ބޭފުޅުން ޖަމީލާ ބައްދަލު ކުރަން ވަޑައިގެންނެވި އިރު އުމަރު ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ. 

މީގެ އިތުރުން އުމަރު ނަސީރު ވަނީ އަންނަ ރިޔާސީ އިންތިހާބަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓެއް ނެރޭ ނަމަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނެރުމަށް ވެސް ގޮވާލައްވާފަ އެވެ. 

ޖަމީލާ ބައްދަލު ކުރެއްވުމަށް ކުރީގެ ތިން މިނިސްޓަރުން ލަންޑަނަށް ވަޑައިގެންނެވިއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އަންގާރަ ދުވަހުގެ ރޭ ސިންގަޕޫރަށް ވަޑައިގެންނަވާފަ އެވެ.

ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގެންނެވި އިރު އިދިކޮޅު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ހުންނެވީ ސިންގަޕޫރުގައެވެ. މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ގާސިމް ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ގާސިމް ސިންގަޕޫރަށް ވަޑައިގެންނެވީ ބޭސް ފަރުވާއަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
23 ނޮވެންބަރ 2017 | ބުރާސްފަތި 16:50
disgusting
disgusting
23 ނޮވެންބަރ 2017 | ބުރާސްފަތި 10:51
މަރިޔަން
އުމަރު ނަސީރު ހިތުން އުމަރު ނަސީރަކީ ވަރަށް މީހެއް ދޯ؟