ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 22:01
އިބްރާހިމް ދީދީ ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަނީ: ދީދީގެ މައްޗަށް ދައުވާކުރަނީ އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި
އިބްރާހިމް ދީދީ ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަނީ: ދީދީގެ މައްޗަށް ދައުވާކުރަނީ އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި
މުހައްމަދު ޝަރުހާން
އިބްރާހިމް ދީދީ
އިބްރާހިމްދީދީގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު
ޝަރީއަތުގެ އަޑުއެހުމެއް އޮތީ ހެނދުނު 11.0 ގައި
ދައުވާއަކީ މީގެ ކުރިން ނުކުރަން ނިންމާފައިވާ ދައުވާއެއް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމް ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި އެވެ.

އިބްރާހިމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގަ އެވެ. މި ދައުވާއާ ގުޅިގެން ބާއްވާ އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ 11.00 އަށެވެ.

އިބްރާހިމް ދީދީގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ ވަނީ އިންކާރުކުރައްވާފަ އެވެ.

މި މައްސަލައަކީ މީގެ ކުރިން ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނަރަލް ނިންމާފައިވާ މައްސަލައެއް ކަމަށް އިބްރާހިމް ދީދީ ދަނީ ވިދާޅުވަމުންނެވެ. އެގޮތުން މީގެ ކުރިން އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް ދައުވާ އަނބުރާ ގެންދިއުމަށް ފަހު ދައުވާ ނުކުރަން ނިންމައި، ޕީޖީ އޮފީހުން އިބްރާހިމް ދީދީ ސިޓީއެއްގައި ފޮނުވާފައިވާ ކަމަށް އިބްރާހިމް ދީދީ ވިދާޅުވެ އެވެ. އަދި އެކަން އެންގީ ޕީޖީގެ ބިއުރޯ އިން އޭރުގެ ޑިރެކްޓަރު މުހައްމަދު އިޔާޒު ކަމަށް ވާތީ އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް އިބްރާހިމް ދީދީގެ ފަރާތުން ކްރިމިނަލް ކޯޓުގައި ވެސް އެދިވަޑައިގެންނެވި އެވެ.

ނަމަވެސް މި މައްސަލައަކީ ކުރިއަށް ގެންދެވިދާނެ މައްސަލައެއް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް