ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 18:35
ތިނަދޫ ޖަލްސާ އޮންނަ ސަރަހައްދުގައި ފުލުހުން ކޯޓް އަމުރާ އެކު ހަރަކާތްތެރި ވަނީ
ތިނަދޫ ޖަލްސާ އޮންނަ ސަރަހައްދުގައި ފުލުހުން ކޯޓް އަމުރާ އެކު ހަރަކާތްތެރި ވަނީ
ޓްވިޓަރ
ތިނަދޫ ޖަލްސާ
އިދިކޮޅު ފަރާތްތަކުން ތިނަދޫގައި ބަހައްޓާފައި ހުރި ބޯޑުތަކެއް ނަގަން ކޯޓުން އަމުރު ނެރެފި
އަމުރުގައި ބުނެފައި ވަނީ އެ ބޯޑްތަކުގައި ކޯޓުތަކާ މެދު ނުބައި ތަސައްވުރެއް ދޭ ކަމަށް
ހެއްކާއި ގަރީނާގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، ފުލުހުން ބުނާ ބުނުމަށާއި، ހަރުކޮށްފައިވާ ބެނާތައް

ގދ. ތިނަދޫގައި ބަހައްޓާފައިވާ ބޯޑުތަކެއް ނެގުމަށް އެ އަތޮޅު ރަތަފަންދޫ ކޯޓުން އަމުރެއް ނެރެފި އެވެ.

ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުން ބުދަ ދުވަހު ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ ކޯޓުތަކުގެ ހައިބަތު ގެއްލުވާލައި ކޯޓުތަކާ މެދު ނުބައި ތަސައްވުރެއް ދިނުމަށް އަދި ގާނޫނާއި މުއައްސަސާތައް ހިންގުމަށް ހުރަަސްއެޅުމުގެ މަގުސަދުގައި ހަރުކޮށްފައިވާ ތަކެތި ހޯދައި ހިފެހެއްޓުމަށެވެ. އަމުރުގައިވާ ގޮތުން މިއީ ތިނަދޫ ޕޮލިސް ސްޓޭޝަނުން ބަލަމުން އަންނަ މައްސަލައެކެވެ.

 

Caption

އޭގެ އިތުރުން އެ ލިޔުންތަކަކީ އަދުލު އިންސާފު ގާއިމް ކުރުުމަށް ދަތިކުރުމަށާއި، ގާނޫނު ހިންގުމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ މަސައްކަތަށް ހުރަސް އެޅުމަށް ހަރުކޮށްފައިވާ ތަކެތި ކަމަށް އެ އަމުރުގައި ވަނީ ބުނެފައެވެ.

އެ ލިޔުންތައް ލިޔެފައިވާ ބޯޑުތައް ފުލުހުން ނަގަމުން މިދަނީ އިދިކޮޅު ފަރާތްތަކުން ބުރާސްފަތި ދުވަހުގެ ރޭ އެ ރަށުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
22 ނޮވެންބަރ 2017 | ބުދަ 19:39
ޕާޓީސިސްޓަމް
ޕާޓީސިސްޓަމް އަކީޤައުމުގެ ހަލާކު