ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 20:03
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަލީ ނިޔާޒް
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަލީ ނިޔާޒް
ފާތިމަތު ޝަނާ މުހައްމަދު
ތިނަދޫ ޖަލްސާ
ތިނަދޫ ޖަލްސާ ބޭއްވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ސިޔާސީ ޕާޓީތަކުން ނައިބު ރައީސް އަބުދުﷲ ޖިހާދަށް ގޮވާލައްވައިފި
ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ ތިނަދޫގެ އެއްވެސް ރައްޔިތަކު ގާނޫނާ ޚިލާފު އަމަލެއް ނުހިންގާނެކަމުގެ ޔަގީންކަން އެބަ އޮތް
އިންތިހާބަކަށް ތައްޔާރުވާއިރު މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް މަސައްކަތްކުރުމަށް އިލެކްޝަން ކޮމިޝަނަށް ގޮވާލެއްވި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތިނަދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ތައްޔާތުވަމުންދާ ޖަލްސާ ބޭއްވުމުގެ ފުރުސަތު ތަންވަސްކޮށްދިނުމަށް ސިޔާސީ ޕާޓީތަކުން ނައިބު ރައީސް އަބުދުﷲ ޖިހާދަށް ގޮވާލައްވައިފިއެވެ.

ސިޔާސީ ޕާޓީތަކުން މާފަންނު ކުނޫޒުގައި ބުދަދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ، އަލީ ނިޔާޒް ވިދާޅުވީ ތިނަދޫގައި އެ ޖަލްސާ ބޭއްވިޔަ ނުދިނުމަށް ސަރުކާރުން އެކި ފިއްތުންތައް ކުރިމަތި ކުރުވަމުންދާ ކަމަށެވެ. އަދި ފުލުހުން ވެސް ކޯޓު އަމުރާ އެކު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދު ބަލާ ޗެކްކުރާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަލީ ނިޔާޒް ވިދާޅުވީ، ޖަލްސާ އޮންނަ ސަރަހައްދުގައި ވެސް އަދި ރަށުގައި ދަމާފައިވާ ބެނާއެއްގައި ވެސް އެއްވެސް ގާނޫނާ ޚިލާފް އެއްޗެއް ލިޔެފައި ވެސް ނޯންނާނޭ ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ ތިނަދޫގެ އެއްވެސް ރައްޔިތަކު ގާނޫނާ ޚިލާފު އަމަލެއް ނުހިންގާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"އަޅުގަނޑުމެން ސިޔާސީ ޕާޓީތަކުން ގުޅިގެން މިކުރާ މަސައްކަތަށް ތިބޭފުޅުންގެ އެއްބާރުލުމާއި ގާނޫނީ ގޮތުން ތިބޭފުޅުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުންމަތީ ދެމިތިބުމަށް އަޅުގަނޑު ތިބޭފުޅުންނަށް ގޮވާލަން. މިވަގުތު ތިނަދޫގައި މިޖަލްސާ ބޭއްވުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ފުލުހުން ކޯޓް އަމުރެއް ހިފައިގެން ވަދެ އުޅޭކަމުގެ ޚަބަރު ވަނީ ލިބިފައި،" ނިޔާޒް ވިދާޅުވި އެވެ.

މި ޖަލްސާއަކީ އިލެކްޝަންސް ކޮމިޝަނުން މެންބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ދާއިރާތަކަށް ޚާއްސަކޮށްގެން ބާއްވަމުންދާ ސިލްސިލާ ޖަލްސާތަކެކެވެ. އެގޮތުން ތިނަދޫ ދެމެންބަރުން ކަމަށްވާ އަބުދުﷲ އަހުމަދާއި ސައުދުﷲ ހިލްމީގެ ގޮނޑި ވެސް ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެ މެންބަރުން މިހާރު ވަނީ ތިނަދޫއަށް ވަޑައިގަންނަވާފައެވެ. އަލީ ނިޔާޒް ވިދާޅުވީ ތިނަދޫ އޮތީ އެ ދެ މެންބަރުންނާ އެކު ކަމަށެވެ. އަދި މި ދާއިރާގައި ތާއީދު އޮތްވަރު މި ޖަލްސާއިން ފެނިގެންދާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ، ޖަލްސާ ބޭއްވުމަށް އެކި ގޮތް ގޮތުން ހުރަސްތައް ކުރިމަތި ކުރުވަމުން ދަނީ އެކަން ހަޖަމް ނުކުރެވޭނެތީ ކަމަށެވެ. އިންތިހާބަކަށް ތައްޔާރުވާއިރު މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް މަސައްކަތްކުރުމަށް އިލެކްޝަން ކޮމިޝަނަށް ނިޔާޒް ގޮވާލެއްވިއެވެ.

ޖަލްސާ ބޭއްވުމަށް ފުރުސަތު ތަނަވަސްކޮށްދެއްވުމަށް ނައިބު ރައީސް އަށް ގޮވާލެއްވި އިރު ނައިބު ރައީސް ޖިހާދަކީ ތިނަދޫ ބޭފުޅެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
22 ނޮވެންބަރ 2017 | ބުދަ 19:40
ޕާޓީސިސްޓަމް
ޕާޓީސިސްޓަމް އަކީޤައުމުގެ ހަލާކު