ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 18:25
ޢަދާލަތު ޕާޓީގެ އިސްވެރިން: އަންނަ އަހަރަށް ފާސްކޮށްފައި ވަނީ ނަހަލާލު ބަޖެޓެއް
ޢަދާލަތު ޕާޓީގެ އިސްވެރިން: އަންނަ އަހަރަށް ފާސްކޮށްފައި ވަނީ ނަހަލާލު ބަޖެޓެއް
ރާއްޖެއެމްވީ
ޢަދާލަތު ޕާޓީ
ދައުލަތުގެ މާލީ ކަންކަމުގެ ޤާނޫނީ ހައިސިއްޔަތު ގެއްލިއްޖެ: ޢަދާލަތު
އަންނަ އަހަރުގެ ބަޖެޓަކީ ނަހަލާލު ބަޖެޓެއް
ދިވެހި ރާއްޖޭގެ އިޤްތިސޯދީ ތާރީޚުގައި ފުރަތަމަ ފަހަރަށް ޤާނޫނާ ޚިލާފަށް ބަޖެޓް ފާސްކުރި ދުވަސް

އަންނަ އަހަރު ސަރުކާރުން ހިންގާނެ މާލީ ކަންކަމުގެ ޤާނޫނީ ހައިސިއްޔަތު ގެއްލިއްޖެ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް އިޝާރާތްކޮށް އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އަންނަ އަހަރުގެ ބަޖެޓަކީ ނަހަލާލު ބަޖެޓެއް ކަމަށެވެ. އެ ޓްވީޓުގައި އިތުރަށް ބުނެފައި ވަނީ މިއަދަކީ ދިވެހި ރާއްޖޭގެ އިޤްތިސޯދީ ތާރީޚުގައި ފުރަތަމަ ފަހަރަށް ޤާނޫނާ ޚިލާފަށް ބަޖެޓް ފާސްކުރި ދުވަސް ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ދައުލަތުގެ މާލީ ކަންކަމަށް ޤާނޫނީ ހައިސިއްޔަތު މިހާރުއްސުރެ ގެއްލުނީ ކަމަށާއި މިއީ ރައީސް ޔާމީންގެ ވެރިކަމުގައި ޤައުމު ބޮއްސުން ލާފައި އޮތް މިންވަރު ކަމަށް ވެސް އަދާލަތުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ބަޖެޓް ފާސްކޮށްފައި ވަނީ 39 މެމްބަރުންގެ އިއްތިފާގުންނެވެ. ބަޖެޓް ޖަލްސާތަކުގައި ގުޅިފައިވާ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ބައިވެރިއެއް ނުވެއެވެ. އަދި ވޯޓުގައި ވެސް ބައިވެރި ވެފައެއް ނުވެއެވެ.

ބަޖެޓް ފާސްކޮށްފައި މިވަނީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ފާސްކުރަންޖެހޭނީ ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.

ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގައި، ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެންބަރުން ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައެވެ. ނަމަވެސް ބުދަ ދުވަހު ބަޖެޓަށް ވޯޓަށް އެއްސެވިއިރު މަޖިލީހުގައި ވަޑައިގެން ތިއްބެވީ 39 މެންބަރުންނެވެ. މަޖިލީހުގައި 85 މެންބަރުން ތިއްބަވާއިރު ދެބައިކުޅަ އެއްބަޔަކީ 42 މެންބަރުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް