ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 09:20
ރައީސް ޔާމީން އަދި އަނބިކަބަލުން ފާތިމަތު އިބްރާހިމް "ހިޔާ" މަޝްރޫއު އިފްތިތާހު ކޮށްދެއްވައިފި
ރައީސް ޔާމީން އަދި އަނބިކަބަލުން ފާތިމަތު އިބްރާހިމް "ހިޔާ" މަޝްރޫއު އިފްތިތާހު ކޮށްދެއްވައިފި
ރައީސް އޮފީސް ޓްވިޓާ
ހިޔާ މަޝްރޫއު
"ހިޔާ" މަޝްރޫއު 434 މިލިއަން ޑޮލަރަށް ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް
މި މަޝްރޫއުގެ އަގެއްގެ ގޮތުން ދިވެހި ސަރުކާރުން 434 މިލިއަން ޑޮލަރު ދައްކާނެ
މި ބިޔަ މަޝްރޫއު ހަވާލުކޮށްފައިވަނީ ޗައިނާގެ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ 'ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯރޕް' އާއި

ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ކުރިޔަށްގެންދާ "ހިޔާ" މަޝްރޫއުގެ މަސައްކަތް، 434 މިލިއަން ޑޮލަރަށް ޗައިނާ ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ޗައިނާގެ ނޫސްތަކުން ބުނެފިއެވެ.

ހުޅުމާލޭގައި މި ސަރުކާރުން 80,000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އަމާޒުގައި ހިންގާ މި ބިޔަ މަޝްރޫއު ހަވާލުކޮށްފައި ވަނީ ޗައިނާގެ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ 'ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕް' އާ ކަމަށް ޗައިނާގެ ނޫސްތަކުން ބުނެއެވެ. މި މަޝްރޫއުގެ އަގެއްގެ ގޮތުން ދިވެހި ސަރުކާރުން 434 މިލިއަން ޑޮލަރު ދައްކާނެ ކަމަށާއި މި މަޝްރޫއުގެ ބިޑު މަރުހަލާއަށް ބައި އަހަރު ހޭދަވި ކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރައީސް ޔާމީން އިފްތިތާހު ކޮށްދެއްވި މި މަޝްރޫއުގެ މާ ގިނަ ތަފްސީލުތަކެއް އާންމުކޮށްފައެއް ނުވެއެވެ. އެހެނަސް ޗައިނާގެ ނޫސްތަކުން ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން އަޅާ ފްލެޓުތައް ވެސް ޑިޒައިން ކުރާނީ އެ ކުންފުނިން ކަމަށާއި އެ މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ދަގަނޑާއި ސިމެންތި ވެސް އެތެރެކުރާނީ ޗައިނާއިން ކަމަށެވެ.

ޗައިނާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި 'ހިޔާ' މަޝްރޫއު ކާމިޔާބުކުރި ކުންފުނީގެ ޑިޒައިން އެކަޑަމީގެ ޑިރެކްޓަރު ލީ ވެންޑޯ ބުނެފައިވަނީ އެ ކުންފުންޏަށް މި މަޝްރޫއުގެ ބިޑު ކާމިޔާބު ކުރެވުނީ އެ ކުންފުނީގެ ކެޕޭސިޓީ ބޮޑުވުމާއި ޑިޒައިންތައް ރީތިވުމުން ކަމަށެވެ. އަދި ފްލެޓްތައް ޑިޒައިން ކުރުމުގައި ތިމާވެއްޓަށް ފައިދާހުރި ގޮތަށް ވިސްނާފައިވާނެ ކަމަށާއި ރާއްޖޭގެ ކުންފުނިތަކުން ވެސް އެކަން ފާހަގަކޮށްފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ސަރުކާރުން ވަނީ ހުޅުމާލޭގައި 25 ބުރީގެ 62 ޓަވަރު އެޅުމަށް ނިންމާފައެވެ.

މި މަޝްރޫއު ވެސް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު މި ސަރުކާރުގެ ބޮޑެތި ގިނަ މަޝްރޫއުތައް ހިންގަމުން އަންނީ ޗައިނާގެ ކުންފުނިތަކުންނެވެ. އެގޮތުން މި ސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށްވާ މާލެ-ހުޅުލެ ބްރިޖުގެ މަސައްކަތް ވެސް ކުރިޔަށް ގެންދަނީ ޗައިނާގެ ކުންފުންޏަކުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް