ކ. މާލެ
|
21 ނޮވެންބަރ 2017 | އަންގާރަ 23:11
މަޓާޓޯގެ ޑެޕިއުޓީ ސެކެޓަރީ ޖެނެރަލް އަސްރާ ނަސީމް
މަޓާޓޯގެ ޑެޕިއުޓީ ސެކެޓަރީ ޖެނެރަލް އަސްރާ ނަސީމް
ފޭސްބުކް
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް އެއްލައްކަ މީހުން ވޯޓް ދީފި
މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގާލާ އެޑިޝަންގައި ހޮވޭ ފަރާތްތަކަށް އެވޯޑް ދިނުމުގެ ހަފްލާ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހުގެ ރޭ ބާއްވާނެ

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް އެއްލައްކައަށް ވުރެ ގިނަ މީހުން ވޯޓް ދީފިއެވެ.

މަޓާޓޯގެ ޑެޕިއުޓީ ސެކެޓަރީ ޖެނެރަލް އަސްރާ ނަސީމް ވިދާޅުވީ އެސްއެމްއެސްގެ ޒަރިއްޔާ އިން 41،000 މީހުން ވޯޓް ދީފައިވާ ކަމަށާއި އޮންލައިންކޮށް ވޯޓް ދީފައި ވަނީ 59،000 މީހުން ކަމަށެވެ.

އަސްރާ ވިދާޅުވީ މަޓާޓޯއަށް ސްޕޮންސަރުންނާއި ޕާޓްނަރުން އަދި އެކި ރިސޯޓްތަކުގެ ފަރާތުން ލިބުނު އެއްބާރުން ފާހަގަކޮށް، ޝުކުރު އަދާކުރާ ކަމަށާއި އެހެން އަހަރުތަކާ އަޅާ ބަލާއިރު މިއީ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ނޮމިނޭޝަންތަކަށް ރެކޯޑް އަދަދަކަށް މީހުން ވޯޓް ލާފައިވާ އަހަރެއް ކަމަށެވެ.  

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަންގައި 27 ކެޓަގަރީއަކަށް އެވޯޑް ދިނުމަށް ހަމަޖެހިފައިވާއިރު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 230 ނޮމިނީޒް ވަނީ އެކި ކެޓަގަރީތަކުން ވާދަ ކޮށްފައެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގާލާ އެޑިޝަން އަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޮކްޓޯބަރ 20 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރ 20 ވަނަ ދުވަހާ ހަމައަށެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގާލާ އެޑިޝަންގައި ހޮވޭ ފަރާތްތަކަށް އެވޯޑް ދިނުމުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހުގެ ރޭ އަދާރަން ސެލެކްޓް ހުދުރަން ފުށި ރިސޯޓުގައެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް