ކ. މާލެ
|
19 ނޮވެންބަރ 2017 | އާދީއްތަ 19:30
ޓޮޓެންހަމް އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ހެރީ ކޭން
ޓޮޓެންހަމް އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ހެރީ ކޭން
ގޫގުލް
ހެރީ ކޭން
ފުޓުބޯޅަ ކެރިޔަރު ނިންމާލަން ބޭނުމީ ޓޮޓެންހަމްގައި: ހެރީ ކޭން
ކޭން ވަނީ މި ސީޒަނުގައި ޓޮޓެންހަމްއަށް ކުޅުނު 14 މެޗުގައި 13 ލަނޑު ޖަހާފައި

ފުޓުބޯޅަ ކެރިޔަރު ނިންމާލަން ބޭނުމީ ޓޮޓެންހަމް ހޮޓްސްޕާގައި ކަމަށް އެޓީމަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ހެރީ ކޭން ބުނެފިއެވެ.

ސްޕޯޓް ބިލްޑްއަށް ދިން އިންޓަވިއުއެއްގައި ކޭން ބުނީ ޓޮޓެންހަމްގައި ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަ ކަމަށާއި، މުޅި ކެރިޔަރު އޭނާ ހޭދަކުރަން ބޭންވަނީ އެ ކްލަބާއެކުގައިކަމަށެވެ.

ޓޮޓެންހަމްގައި ރަނގަޅު ސްކޮޑެއް އޮތްކަން ފާހަގަކުރަމުން ކޭން ބުނީ ޓީމުގައި ރަނގަޅު ކޯޗެއް އަދި ރަނގަޅު ޓްރެއިނިން ސެންޓަރެއްވެސް އެބަހުރި ކަމަށާއި، އާ ސްޓޭޑިއަމެއްވެސް ކުރިޔަށް އޮތްތަނުގައި ލިބިގެންދާނެކަމަށެވެ. އެގޮތުން އޭނާ ބުނީ ޓޮޓެންހަމް އޭނާއާ ހުރިހާ ގޮތަކުންވެސް އެންމެ ގުޅޭ ކްލަބް ކަމަށެވެ.

ޓޮޓެންހަމްގައި ކެރިޔަރު ނިންމާލަން ބޭނުންވާކަމަށް ބުނެ ކޭން ދިން އިންޓަވިއުއާ އެކު، އޭނާ ހޯދުމަށް ރެއާލް މެޑްރިޑުން ކުރަމުން އަންނަ އުންމީދަށް އަނެއްކާވެސް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

މިދިޔަ ޓްރާންސްފާގައިވެސް ކޭން ހޯދުމަށް ރެއާލް އިން ވަނީ ބިޑްކޮށްފައެވެ. އެހެންނަމަވެސް ޓޮޓެންހަމް އިން ވަނީ އެ ބިޑަށް ފުރަގަސްދީ ކްލަބުގައި ކޭން ބެހެއްޓުމަށް ނިންމާފައެވެ.

ކޭން އަންނަނީ މި ސީޒަނުގައި ޓޮޓެންހަމްއަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގައި ޓޮޓެންހަމް އަށް ކުޅުނު 14 މެޗުގައި 13 ލަނޑު ޖަހާފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 2020 ވަނަ އަހަރުގެ ނިޔަލަށް ޓޮޓެންހަމްގައި މަޑުކުރަން ނިންމާ އާ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އުމުރުން 24 އަހަރުގެ ކޭން ވަނީ އެޓީމަށް ކުޅުނު 179 މެޗުގައި 112 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް