ކ. މާލެ
|
18 ނޮވެންބަރ 2017 | ހޮނިހިރު 19:40
ނިއުރޭޑިއަންޓް އިން އަލަށް ވިއްކަން ފެށި އެ ކްލަބުގެ ޖޯޒީ
ނިއުރޭޑިއަންޓް އިން އަލަށް ވިއްކަން ފެށި އެ ކްލަބުގެ ޖޯޒީ
ފޭސްބުކް
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް
ރާއްޖޭ ކްލަބަކުން ތައްޔާރުކުރި އެންމެ "ކޮލެޓީ" ޖޯޒީ ނިއު އިން ވިއްކަން ފަށައިފި
ބޮޑެތި މީހުންގެ ޖޯޒީ ވިއްކަނީ 350ރ. އަށް، ސޯޓާއެކު 500ރ. އަށް
ކުޑަކުދިންގެ ޖޯޒީ ވިއްކަނީ 300ރ. އަށް، ސޯޓާއެކު 450ރ. އަށް

ރާއްޖޭގެ ކްލަބަކުން ތައްޔާރުކުރި އެންމެ "ކޮލެޓީ" ޖޯޒީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ސަޕޯޓަރުންނަށް ވިއްކަން ފަށައިފިއެވެ.

ނިއުގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒް މޫސާ (ޓެޑް) ވިދާޅުވީ، ނިއުގެ އާ ޖޯޒީ ބައި ތައްޔާރުކޮށްފައި ވަނީ ތައިލޭންޑްގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޔުނިވާސަލް އެޕަރެލް އިން ކަމަށާއި، މިއީ މިހާތަނަށް ރާއްޖޭގެ ކްލަބަކުން ތައްޔާރުކުރި އެންމެ "ކޮލެޓީ" ޖޯޒީއަށް ވެގެންދާނެ ކަމަށެވެ.

ޓެޑް ވިދާޅުވީ، ނިއުގެ ޖޯޒީތައް ސަޕޯޓަރުންނަށް ހުކުރު ދުވަހު ވަރަށް ހެޔޮ އަގެއްގައި ވިއްކަން ފަށާފައިވާ ކަމަށާއި، ޖޯޒީ ލިބެން ހުންނާނީ އޯލް ސްޕޯޓްސް އަދި އެފްއޭއެމް އިދާރާގައި ހުންނަ ނިއުގެ އޮފީހުން ކަމަށެވެ.

ތިން ކުލަބެއްގެ ޖޯޒީ ވިއްކަން ހުންނާނެކަން ފާހަގަކުރަމުން ޓެޑް ވިދާޅުވީ، ބޮޑެތި މީހުންގެ ޖޯޒީ ވިއްކަނީ 350ރ. އަށް ކަމަށާއި، ސޯޓާއެކު އެ ޖޯޒީތައް ވިއްކާނީ 500ރ. އަށް ކަމަށެވެ. މީގެ އިތުރުން ކުޑަކުދިންގެ ޖޯޒީ 300ރ. އަށް ލިބެން ހުންނައިރު، ސޯޓާއެކު އެ ޖޯޒީ ވިއްކާނީ 450ރ. އަށް ކަމަށް ވެސް ޓެޑް ވަނީ ވިދާޅުވެފައެވެ.  

ޓެޑް ވިދާޅުވީ، ޖޯޒީތައް ވިއްކުމުގެ އިންތިޒާމު އަތޮޅު ތެރޭގައި ވެސް ވިއްކުމުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި، މި ސީޒަނުގައި ނިއު ކުޅޭ މެޗުތަކުގައި ދަނޑު ބޭރުން ވެސް ޖޯޒީ ވިއްކަމުންދާނެ ކަމަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު އަދި ޓީސީ ބައްދަލުކުރާ މެޗަށް ދެޓީމުގެ ސަޕޯޓަރުން ވެސް އަންނަނީ ވަރުގަދައަށް ތައްޔާރުވަމުންނެވެ. މި މެޗުން ނިއު އަށް ޕޮއިންޓެއް ލިބުނަސް ލީގު ކަށަވަރުވެގެންދާނެ އެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް