ކ. މާލެ
|
16 ނޮވެންބަރ 2017 | ބުރާސްފަތި 21:02
ގައުމީ ބާސްކެޓްބޯލް މުބާރާތުގެ ތެރެއިން ޓީރެކްސްގެ ބައެއް ކުޅުންތެރިން
ގައުމީ ބާސްކެޓްބޯލް މުބާރާތުގެ ތެރެއިން ޓީރެކްސްގެ ބައެއް ކުޅުންތެރިން
މޯލްޑިވްސް ބާސްކެޓް
ގައުމީ ބާސްކެޓްބޯލް މުބާރާތް
ގައުމީ ބާސްކެޓްބޯލް މުބާރާތް: ފައިނަލުގައި ކިންގްސްއާ ދެކޮޅަށް ނުކުންނާނީ ޓީރެކްސް
ޓީރެކްސްއިން ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރީ ތިން ވަނަ ސެމީ ފައިނަލުގައި ދި ބައުސްގެ މައްޗަށް ކުރި ހޯދައިގެން

ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ގައުމީ ބާސްކެޓްބޯލް މުބާރާތުގެ ފައިނަލުގައި ކިންސްގް ބީސީއާ ދެކޮޅަށް ނުކުންނަ ޓީމަކަށް ޓީރެކްސް ބީސީ ހޮވިއްޖެއެވެ.

ޓީރެކްސްއިން ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރީ ތިން ވަނަ ސެމީ ފައިނަލުގައި ދި ބައުސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުޅުނު މެޗު ޓީރެކްސްއިން ކާމިޔާބު ކޮށްފައިވަނީ 103-80 ޕޮއިންޓުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޓީރެކްސްގެ ސާބިއާ ކުޅުންތެރިޔާ ޑޫސާން އޮގްޔެނޮވިޗްއެވެ. އެ ޓީމަށް 27 ޕޮއިންޓާ އެކު އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ވެސް އޭނާ އެވެ. ދި ބައުސްއަށް 17 ޕޮއިންޓާ އެކު މި މެޗުގައި އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު 8، އަހުމަދު އަލީ މުސްތަފާއެވެ.

މި މުބާރާތުގެ ފައިނަލުން ކިންގްސް ބީސީ ޖާގަ ހޯދީ ސެމީގެ ފުރަތަމަ މެޗުގައި ޓީރެކްސް ބަލިކޮށްގެންނެވެ. އެގޮތުން ކިންގްސްއިން މި މެޗު ކާމިޔާބުކުރީ 101-90 ޕޮއިންޓުންނެވެ.

ދާދިފަހުން ނިމުނު ގައުމީ ބާސްކެޓްބޯލް ލީގު ކިންގްސްއިން ހޯދީ އެންމެ ފަހު މެޗުގައި ޓީރެކްސް ބަލިކުރުމަށް ފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް