ކ. މާލެ
|
16 ނޮވެންބަރ 2017 | ބުރާސްފަތި 06:47
އައިފޯން އެކްސް ފޯނެއް
އައިފޯން އެކްސް ފޯނެއް
ޓްވިޓަރ
އައިފޯން އެކްސްގެ ޕްރީ އޯޑަރ
އުރީދޫ އިންވެސް އައިފޯން އެކްސްގެ ވިއްކަން ފަށަނީ
އުރީދޫން އައިފޯން އެކްސްގެ ޕްރީ އޯޑަރ ނަގަން ފަށަނީ މި މަހުގެ 24 ވަނަ ދުވަހު

އުރީދޫން އައިފޯން އެކްސް ވިއްކަން ނިންމައި، މި މަހުގެ 24 ވަނަ ދުވަހުން ޕްރީ އޯޑަރ ނަގަން ފަށަން ނިންމައިފި އެވެ. 

ބުދަ ދުވަހު އުރީދޫން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އުރީދޫ ވެބްސައިޓް މެދުވެރިކޮށް އައިފޯން އެކްސްއަށް ޕްރީ އޯޑަރ ކުރެވޭނެ ކަމަށެވެ. ފޯނު ވިއްކަން ފަށާނީ ޑިސެމްބަރު 1 އިން ފެށިގެންނެވެ. 

ޕްރީ އޯޑަރ ނަގަން ނިންމި ނަމަވެސް، ފޯން ވިއްކާ އަގުތަކެއް އުރީދޫން އަދި ހާމައެއް ނުކުރެ އެވެ. 

އެޕަލް ކުންފުނިން ތައާރަފުކޮށްފައިވާ އައިފޯން އެކްސްގައި ވަރަށް ހާއްސަ ސިފަތަކެއް އެކުލެވިގެންވެއެވެ. އެގޮތުން ފޭސް ރިކޮގްނިޝަން ނުވަތަ މޫނު ބޭނުންކޮށްގެން ފޯނު ހުޅުވާލެވެއެވެ. އަދި އައިފޯން އެކްސްގައި ހޯމް ބަޓަންއެއް ނުހުރުމާއި ފޯނު ވަޔާލެސްކޮށް ޗާޖްކުރެވި، ދެ ގަޑިއިރަށް ބެޓަރީގެ ބާރު އިތުރުވުން ހިމެނެއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
18 ނޮވެންބަރ 2017 | ހޮނިހިރު 06:22
ބަޑިތަކުރު
އަހުން ހަމަ އަޖައިބު ވެއްޖި.
16 ނޮވެންބަރ 2017 | ބުރާސްފަތި 20:45
އުރީދޫ
ގަރުދިޔަައާއި ބަތް ކައިފަ، ކުނާގަޑެންގަ ޑިއުޓީބަހައިގެން ނިދާފަވެސް ތިފޯނު ގަނެވޭތޯބަލާތި