ކ. މާލެ
|
13 ނޮވެންބަރ 2017 | ހޯމަ 17:25
ދިރާގު ބްރޯޑްބޭންޑް ހިދުމަތުގެ ޕްރޮމޯޝަނެއް ފަށައިފި
ދިރާގު ބްރޯޑްބޭންޑް ހިދުމަތުގެ ޕްރޮމޯޝަނެއް ފަށައިފި
ދިރާގު
ދިރާގު ހިދުމަތްތައް
ދިރާގުގެ ފިސްކްޑް ބްރޮޑްބޭންޑަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށައިފި
ދިރާގުން އޭޑީއެސްއެލް ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކަށް ފޯރުކޮށްދޭ
މި ޕްރޮމޯޝަން ކުރިއަށްދާނީ ޑިސެމްބަރު މަހުގެ ނިއަލަށް

ރާއްޖޭގައި ގެތަކާއި ވިޔަފާރިތަކަށް އިންޓަރނެޓް އެންމެ ހަލުވިކޮށް ފޯރުކޮށްދޭ ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑްގެ ވަރަށް ހާއްސަ ޕްރޮމޯޝަނެއް އެކުންފުނިން އިއުލާން ކޮށްފިއެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑްގެ ދަށުން ރާއްޖޭގައި ފޯރުކޮށްދޭ އެންމެ ހަލުވި އިންޓަނެޓް ސްޕީޑް އެކުންފުނީގެ "ފައިބަރ ޓު ދަ ހޯމް" ގެ 100 އެމްބީޕީއެސް ޕެކޭޖުން ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ ނޮވެމްބަރު 13 އިން ފެށިގެން ޑިސެމްބަރު 2017 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގެ ދަށުން ހިލޭ ފައިބަރ ކަނެކްޝަނާއި އޭޑީއެސްއެލް ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ތިން މަސްދުވަސް ވަންދެން ނަގާ ކޮންމެ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25  ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ "ފައިބަރ ޓު ދަ ހޯމް" މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން އަތޮޅު ތެރޭގެ 17 ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކަށް މިހާރު ފޯރުކޮށްދީފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

 ދިރާގުގެ ފައިބަރ ބްރޯޑްބޭންޑްގެ ދަށުން ލިބެން ހުންނަ ސްޕީޑްތަކަކީ  5 ، 10 ، 15، 25، 50 އަދި 100 އެމްބީޕީއެސް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް