ކ. މާލެ
|
12 ނޮވެންބަރ 2017 | އާދީއްތަ 20:04
ކޮސްޓަރީކާއާ ދެކޮޅަށް ކުޅުނު މެޗުގައި އިސްކޯއަށް އަނިޔާވެ ދަނޑުމައްޗަށް ވެއްޓިފައި
ކޮސްޓަރީކާއާ ދެކޮޅަށް ކުޅުނު މެޗުގައި އިސްކޯއަށް އަނިޔާވެ ދަނޑުމައްޗަށް ވެއްޓިފައި
ގޯލް.ކޮމް
ުކުޅިވަރު
އިސްކޯއަށް އަނިޔާވެ ޒިދާން ހާސްކަމުގެ ތެރެއަށް !
އިސްކޯގެ އިތުރުން ގެރެތު ބޭލް އަދި ވެރާން އާއި ކަވަހާލްއަށްވެސް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައި

 

އަންނަ އަހަރު ރަޝިއާގައި ކުޅޭ ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން ކޮސްޓަރިކާއާ ދެކޮޅަށް ރޭ ސްޕެއިން ކުޅުނު މެޗުގައި އިސްކޯ އަށް އަނިޔާވެ ރެއާލް މެޑްރިޑް ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ.

މިހާރުވެސް މުހިންމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބި ރެއާލް މެޑްރިޑުގެ އަނިޔާގެ ލިސްޓަށް އިސްކޯ އިތުރުވެފައިވާއިރު، ރެއާލްއަށް ކުރިމަތީގައި އޮތީ ވާދަވެރި އަދި އެހާމެ މުހިންމު ވަރުގަދަ ކުރިމަތި ލުމެކެވެ.  އެއީ ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ލީގުގައި ކުޅޭ މެޗެވެ.

އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ރެއާލް ނިކުންނައިރު، އިސްކޯގެ އިތުރުން ގެރެތު ބޭލް އަދި ވެރާން އާއި ކަވަހާލްއަށްވެސް ވަނީ އަނިޔާގެ މައްސަލަކުރިމަތިވެފައެވެ. އެގޮތުން ބޭލް އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް މިއަހަރު އެއްވެސް މެޗެއް ނުކުޅެވޭއިރު، އިސްކޯގެ އަނިޔާގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

އިސްކޯގެ އަނިޔާއާ ބެހޭގޮތުން އިތުރު އެއްޗެއް ބުނަން އެނގޭނީ، މިއަދު ހަދާ ޓެސްޓްތަކަށް ފަހު އެވެ. އިސްކޯ އަށް އަނިޔާވީ މެޗުގެ ދެ ވަނަ ހާފުގައި ކޮސްޓަރިކާގެ ކެންޑަލް ވަސްޓޮން އިސްކޯއަށް ކުރި ޓެކްލްއެއްގެ ސަބަބުންނެވެ. މި ޓެކްލްއާއެކު އިސްކޯ ދަނޑުމައްޗަށް ވެއްޓުނެވެ. އަދި ތެދުވެގެން ދެވަނަ ފަހަރަށް ބޯޅައަށް ދުއްވަތް ގަންނަށް މަސައްކަތް ކުރިނަމަވެސް  އިސްކޯ އަށް ދުއްވައި ގަނެވޭގޮތެއް ނުވިއެވެ. އެވަގުތު އަތުގެ އިޝާރާތުން އިސްކޯ ވަނީ އޭނާ ބަދަލުކޮށްދިނބުމަށް އަމިއްލައަށް އެދިފައެވެ.

މި އަނިޔާގެ ސަބަބުން ނުކުޅެވިގެން އިސްކޯ ބަދަލުކޮށްފައިވާއިރު، އޭނާގެ ބަދަލުގައި ކުޅެން އެރުވީ ކާކޯ އެސެންސިއޯއެވެ.

ރެއާލްގައި މި ސީޒަންގައި އެންމެ ރަނގަޅަށް ކުޅެމުންދާ ކުޅުންތެރިޔަކީ އިސްކޯ އަށްވާއިރު، އޭނާއަށް އަނިޔާވުމަކީ ޒިދާން އިންތިހާއަށް ކަންބޮޑުވާނެ ކަމެކެވެ. ޒިދާން މިހާރުވެސް ވަނީ އަނިޔާގެ ގިނަމައްސަލަ ތަކާއި ކުރިމަތިވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސްޕެއިންގައި ރޭ ކުޅުނު މި މެޗު ސްޕެއިން ކާމިޔާބު ކުރީ 5-0 ގެ ނަތީޖާއިންނެވެ. ސްޕެއިންގެ ލަނޑުތަށް ކާމިޔާބު ކޮށްދިނީ ޑޭވިޑް ސިލްވާއާއި ޖޯޑީ އަލްބާ އަދި އަލްވާރޯ މޮރާޓާގެ އިތުރުން އަންދުރޭ އިނިއެސްޓާ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް