ކ. މާލެ
|
12 ނޮވެންބަރ 2017 | އާދީއްތަ 18:08
ރަޝިއާ އަދި އާޖެންޓިނާ ބައްދަލުކުރި މެޗުގެ ތެރެއިން
ރަޝިއާ އަދި އާޖެންޓިނާ ބައްދަލުކުރި މެޗުގެ ތެރެއިން
އޭޕީ
ވޯލްޑްކަޕް 2018
ވޯލްޑްކަޕް 2018: ހުޅުވާ މެޗު ކުޅޭ ސްޓޭޑިއަމްގައި އާޖެންޓީނާ އިން ރަޝިއާ ބަލިކޮށްފި
ރަޝިއާގެ މައްޗަށް އާޖެންޓީނާ ކުރިހޯދީ 0-1 ގެ ނަތީޖާއަކުން

އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑްކަޕް ހުޅުވާ މެޗު ކުޅޭ ލަޒްނީކީ ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ މެޗުގައި އާޖެންޓީނާ އިން ރަޝިއާ ބަލިކޮށްފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލުގައި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް 2008 ވަނަ އަހަރު ބައްދަލު ކުރި މި ސްޓޭޑިއަމްގެ ޖާގަ ވަނީ 81،000 ސަޕޯޓަރުންނަށް އިތުރުކޮށްފައެވެ.  

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ރަޝިއާއާ ވާދަކޮށް އާޖެންޓީނާ އިން މެޗު ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއިންނެވެ.

މޮސްކޯގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ފުރަތަމަ ހާފްގައި ލަނޑު ޖެހުމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ދެޓީމަށް ވެސް  ބޭކާރުވެފައިވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އާޖެންޓީނާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، ލަނޑު ޖެހުމަށް އެޓީމަށް ވަނީ ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މުޅި މެޗުގައިވެސް ރަޝިއާގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންގޮސްފައިވާއިރު، އާޖެންޓީނާގެ ގިނަ ހަމަލާތަކެއް އެޓީމުން ވަނީ ދިފާއުކޮށްފައެވެ.

އާޖެންޓީނާ އިން މެޗުގެ ލީޑު ނެގީ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއެރޯ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް