ކ. މާލެ
|
12 ނޮވެންބަރ 2017 | އާދީއްތަ 15:07
2015 ވަނަ އަހަރު ބޭއްވި ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް
2015 ވަނަ އަހަރު ބޭއްވި ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް
އެފްއޭއެމް
އަންހެން ފުޓުބޯލް ލީގު
އެންމެފަހުން އަންހެން ފުޓްބޯލް ލީގް ކެންސަލް ކޮށްފި
އަންހެން ފުޓްބޯލް ލީގުގައި ބައިވެރިވާން ހުށަހެޅީ ނިއު އިން އެކަނި
އަންހެން ފުޓްބޯލް ލީގު ބޭއްވުމަށް ހަމަޖެހިފައި އޮތީ މި މަހު އެއްވަނަ ދުވަހު

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން އަންނަ މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އަންހެން ފުޓްބޯލް ލީގް ކެންސަލް ކޮށްފިއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ، އަންހެން ފުޓްބޯލް ލީގުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި، ސުންގަޑި ހަމަވިއިރު ބައިވެރިވީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އެކަނި ކަމަށާއި، އެގޮތުން މުބާރާތް ކެންސަލްކުރަން ނިންމާފައިވާކަމަށެވެ.

މުބާރާތުގައި ބައިވެރިވާން ނަން ހުށަހެޅީ ނިއު އިން ކަމަށްވާއިރު، އެޓީމުން ވަނީ މުބާރާތް ފެށުމުގެ ކުރިން ރާއްޖޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިން އެޓީމަށް ގެނެސްފައެވެ. އެގޮތުން މިދިޔަ ހަފްތާގައި އެޓީމުން ވަނީ މަޝްހޫރު އަންހެން ފުޓުބޯޅަ ކުޅުންތެރިންކަމަށްވާ މަރްޔަމް މުހައްމަދު (މާޔަން) އާއި އަރީޝާ ރިޒާގެ ސޮއިވެސް ހޯދާފައެވެ. މީގެއިތުރުން އެޓީމުން ވަނީ އަންހެން ގައުމީ ފުޓުބޯޅަ ޓީމުގެ ފާތިމަތު ޝާލިޔާ އާއި އައިޝަތު ސަމާގެ ސޮއިވެސް ހޯދާފައެވެ.

މި މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ފުރަތަމަ ނިންމި މި މުބާރާތުގެ ފެށުން ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހަށް ފަސްކޮށް، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާދީއްތަ ދުވަހުގެ ނިޔަލަށް އިތުރުކުރި ނަމަވެސް، އެދެވޭ ތަރުހީބެއް ލިބިފައެއްނުވެއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެފްއޭއެމް އިން ހުޅުވާލީ ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު އަދި އަމިއްލަ ފަރާތްތަކުގެ ކުންފުނިތަކާއި ކްލަބްތަކާއި އަދި ސްކޫލްތަކަށެވެ.

އެފްއޭއެމް އިން އަންހެން ފުޓުބޯޅަ ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެ އިދާރާއިން ވަނީ މި އަހަރު އަންހެން ފުޓްސަލް ދެ މުބާރާތެއް ބާއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް