ކ. މާލެ
|
8 ނޮވެންބަރ 2017 | ބުދަ 21:54
މިނިސްޓަރ ސައީދު ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރާ ބައްދަލުކުރައްވަނީ
މިނިސްޓަރ ސައީދު ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރާ ބައްދަލުކުރައްވަނީ
ޓްވިޓަރ
ރާއްޖެ އާއި ޔޫއޭއީ
ރާއްޖެ އާއި ޔޫއޭއީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު 129.2 މިލިއަން ރުފިޔާއަށް އަރައިފި
އިތުުރު ދާއިރާތަކުން ވިޔަފާރީގެ ގުޅުންތައް އިތުރު ކުރުމަށް ވަނީ މަޝްވަރާ ކުރެވިފައި
ދެގައުމުގެ ވިޔަފާރީގެ ގުޅުން 12 ޕަސެންޓް އިތުރުވެފައިވޭ

ދިވެހި ރާއްޖެ އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސްއާ ދެމެދު މިފާއިތުވެ ދިޔަ ފަސް އަހަރު ކުރެވުނު ވިޔަފާރީގެ މުއާމަލާތްތައް 129.2 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ދެގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.

 ޔޫއޭއީގެ އަލް ބަވާބާ ބިސްނަސް އޮންލައިންގައި ޝާއިއުކޮށްފައިވާ ގޮތުން ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރ ސުލްތާން ބިން ސައީދު އަލް މަންސޫރީއާ ވަނީ ބައްދަލު ކުރައްވާފައެވެ.

 

 

މި ބައްދަލުވުމުގައި ދެގައުމުގެ ކުރިއަރަމުން އަންނަ ވިޔަފާރީގެ ގުޅުންތަކާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި ތެލުގެ ވިޔަފާރީގެ އިތުރުން އެހެން ވިޔަފާރިތައް ވެސް ކުރިއަރަމުން އަންނަކަން ދެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ. މިފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޔޫއޭއީ އާއި ރާއްޖޭއާ ދެމެދު ކުރި ވިޔަފާރި 12 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

 

 

މި ބައްދަލުވުމުގައި ދެ ގައުމުގެ ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާ ކުރުމާ ގުޅޭ ގޮތުން ވެސ ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށް އެ ނޫހުގައި ވެއެވެ. އެގޮތުން އޭވިއޭޝިއަންގެ ދާއިރާ އާއި ފަތުރުވެރިކަމާއި އިޔާދަކުރުވަނިވި ހަކަތާއިގެ ދާއިރާއިން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭ  ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ދެގައުމުން ވަނީ މަޝްވަރާކޮށްފަ އެވެ.

 

 

މި ބައްދަލުވުމުގައި ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރު މަންސޫރީ ވަނީ ރާއްޖެއަށް އެކްސްޕޯޓް ކުރުމާއި ރީ-އެކްސްޕޯޓް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

 

 ޔޫއޭއީ-މޯލްޑިވްސް ބިސްނަސް ފޯރަމް އަންނަ މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު އެކަމާ ގުޅޭ ގޮތުން ވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

 

 

 މި ބައްދަލުވުމުގައި މިނިސްޓަރު ސައިދު ވިދާޅުވީ  ރާއްޖެއިން އޭވިއޭޝަން ދާއިރާ އާއި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ އާއި ރިއަލް އެސްޓޭޓް ދާއިރާ ފުޅާ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އަދި އިގްތިސާދީ ޒޯންތަކެއް ކަނޑައަޅައި، އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަން މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ. 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
20 ނޮވެންބަރ 2017 | ހޯމަ 01:24
ކުޑަވިލެގެއް
ސަހަރޯ، ޔޫރަޕްގެ ކުޑަވިލެގެއްގެ ބޭކަރީއަކައްވެސްް ތިވަރުލިބޭނެ